ހާސިލް - 50

ޖެހިގެން އައި ދުވަހު އެރި އިރާއެކު އަނެއްކާވެސް މާލެ ތެރެއަށް ފެތުރުނީ ސިހުން ލިބޭ ފަދަ ޚަބަރަކެވެ.

ރާކިންގެ މަރުގެ ޚަބަރާއެކު، އަނެއްކާވެސް ސޯޝަލް މީޑިއާ ހޫނުވެގެން ދިޔައެވެ. އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަން ފެށިއެވެ. ކުރިން މަރުވި މީހުންނެކޭ އެއްގޮތަށް ރާކިންގެ ހަށިގަނޑުވެސް ފޮނުވަން ނިންމީ ޕޯސްޓްމޯޓަމް ހެދުމަށެވެ.

*****

ރީހާން އާއި އޭނާގެ ޓީމް މެންބަރުން ތިބީ، އިންވެސްޓިގޭޝަން ޑިޕާރޓްމެންޓް ތެރޭގައެވެ. ތަނުގައި ހުރި މޭޒު ދޮށުގައި ޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރުން ތިބިއިރު، ރީހާން ދިޔައީ ޕްރެސެންޓޭޝަންއެއް ދައްކަމުންނެވެ. އޭގައި މަރާލާފައިވާ މީހުންގެ ތަސްވީރުތައް ތަތްކޮށްފައި ހުއްޓެވެ. އިރުއިރުކޮޅުން އެއްފަރާތުގައި ހުރި ވައިޓް ބޯޑު ކައިރިއަށް ޖެހިލާ އޭނާ ކޮންމެވެސް އެއްޗެހިތަކެއް ލިޔަމުން ވެސް ގެންދިޔައެވެ.

"މިސްޓީރިއަސް ޑެތްސް... އެންމެ ފުރަތަމަ ފެށުމަކީ ޒީޝާންގެ މަންމައާ ބައްޕަގެ މަރު، އެއަށްފަހު، ބޯޓުން ދަތުރުކުރި ޕަސެންޖަރެއް. އެއަށްފަހު އެއާލައިންގައި މަސައްކަތްކުރާ ޕައިލެޓެއް. ކޮންމެ މީހަކުވެސް މަރާލާފައި ވަނީ އެއްގޮތަކަށް. ވިއާމްގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ހުރި އެއްޗެއްސާ ޒީޝާންގެ މަންމައާ ބައްޕަގެ ރިޕޯޓްއާ ވަރަށް އެއްގޮތްކަމެއް އެބަހުރި. މަރާލާފައިވަނީ ކަރުގައި ހިފާ ނޭވާ ހާސްކޮށްލައިގެން. ރާކިންގެ ރިޕޯޓް ނުލިބުނު ނަމަވެސް އެބައެނގޭ ކަރުގައި ހުރި ނިޝާންތަކަށް ބަލާފަ ނޭވާ ހާސްކޮށްލާފަ ހުރިކަން." ރީހާން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އޭނާ އެމީހުންގެ ބަހެއް ބޭނުންވާ ފަދައެވެ.

"ސުވާލަކީ މިކަމާ ބޯޓު ވެއްޓުނު ހާދިސާއާ ގުޅުމެއް ވާނެހޭ؟ އަދި ބައެއް މީހުން އެ ތުހުމަތު ކުރާހެން އަރްޒަންގެ އަތެއް މިކަމުގެ ވާނެހޭ؟" އައިމަން ވާހަކަ ދެއްކިއެވެ.

"ވައިލް އިންވެސްޓިގޭޓިިން އައި ފައުންޑް ސަމްތިންގް ވެރީ އިންޓަރެސްޓިން..." އެތަނުގައި އިން ނާފިއު ބުނެލިއެވެ.

"ޒީޝާންގެ މަންމައާި ބައްޕައަށްފަހު، މަރުވި ވިއާމްއަކީ ފްލައިޓް ތެރޭގައި ނެގި ވީޑިއޯ ވައިރަލްކޮށްލި މީހާ. އަދި ރާކިންއަކީ އަރްޒަންގެ ނަންބަރު ލީކްކޮށްލި މީހާ ކަމަށްވަނީ. އޭނާގެ ވޯކް ޕްލޭސްގެ މީހުންނާ ދެކެވުނު ވާހަކަތަކުން އެނގުނު އަރްޒަންއާ ރާކިންއާ ދެމެދު ފުދޭވަރަކަށް ވާދަވެރިކަން އޮންނަކަން." ނާފިއުއަށް އެހިސާބަށް ވާހަކަ ދެކެވުނު ތަނާ އައިމަންގެ ފޯނު ރިންގްވިއެވެ. ރީހާންގެ ހުއްދައާއެކު، އޭނާ ފޯނު ނެގިއެވެ.

"ގޮޓް ސަމް އިންފޮމޭޝަން..." ރީހާންގެ ހުއްދަ ލިބުމާއެކު އައިމަން ގޮނޑިން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާބޭރަށް ނުކުމެލާފައި ގައިގަނޑަނޑަކަށް ފަނަރަމިނިޓް ފަހުން އެނބުރު އައިއިރު، އަތުގައި ދެ ފައިލް އޮތެވެ.

"އަހަންނަށް ވެސް ވަރަށް ޝައުޤުވެރިވާފަދަ އެއްޗެއް އެނގިއްޖެ! ރާކިން ފޭކް އެކައުންޓެއް ގެންގުޅޭކަން، އެ އެކައުންޓުގެ މައުލޫމާތު މި ފައިލްގައި ހުންނާނެ. ބަލާބެލުމަށް އޭނާ އެ އެކައުންޓް ބޭނުންކޮށްފައިވަނީ އަރްޒަންއަށް ބަހުގެ ހަމަލާތައް ދޭން. އޭގެ އިތުރުން އަރްޒަންއޭ ކިޔައިގެން ބައިވަރު ޕޯސްޓްތައްވެސް ޖަހާފައި ހުރި އަދި އެހެން އެހެންމީހުންގެ ޕޯސްޓްތަކަށް ކޮމެންޓް ވެސް ކޮށްފައިހުރި، އޭނާ ޖަހާފައިވާ ގިނަ ޕޯސްޓްތައް ވައިރަލްވެފައި ވެސް ވޭ!"

އައިމަން އޭނާގެ އަތުގައި އޮތް ފައިލް ވިއާމްއާ ހަވާލުކޮށްލިއެވެ.

"އޯކޭ! ސޯ ލެޓްސް ކަމް ޓުއަ ކޮންކްލޫޝަން. މި ހުރިހާކަމަކަށް ބަލާފަ މިވަގުތަށް އަހަންނަށް ފެންނަނީ ވިސްނުންތެރިކަމާއެކު ތަހުގީގު ހިންގަން. ވިއާމް އަދި ރާކިންގެ ކޭސްގެ އެއްގޮތްކަމަކީ، ދެމީހުން ވެސް އަރްޒަންއަށް ގެއްލުމެއް ދޭން މަސައްކަތް ކޮށްފައިވާކަން... ހަމައެކަނި ނޭނގިގެން މިއުޅޭ ތަންކޮޅަކީ ޒީޝާންގެ މަންމައާ ބައްޕައާ އަރްޒަންއާ ހުރި ގުޅުން. އެ ދެމީހުންނާ މައްސަލައެއް ޖެހުނުތޯ؟ އެދެމީހުންވެސް މަރާލާފައިވަނީ އަނެއްކާ އަރްޒަންއަށް ގެއްލުމެއް ދޭން މަސައްކަތް ކުރީމަތޯ؟ އެއީ އެންމެ ބޮޑު ސުވާލު، ވީ ނީޑް ޓު ފައިންޑް ދެޓް ޓޫ! އައި ނީޑް ޔޫ ޓު ޑޫ ސަމްތިންގް އައިމަން!. ރާކިންގެ ފޯނުގެ ރިކޯޑްތައް ބަލާ ޗެކްކުރޭ! ވަކިވަކިން އޭނާއަށް ގުޅާފައި ހުރިނަންބަރުތަކާ މެސެޖްތައް ވެސް ބަލާ، އަދި ބޭނުންވެއްޖެނަމަ އެމީހުންގެ ބަޔާން ވެސް ނަގާ!" ރީހާން ބުނެލިއެވެ.

ނާފިއުއާ ރީހާންގެ މަސައްކަތުން އިތުރު ކަންތައްތަކެއް ވެސް އެނގިގެން ދިޔައެވެ. ރާކިންއާ ޒީޝާން ގުޅުވަންވެގެން ދެ އާއިލާތެރޭގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނުކަން އެމީހުންނަށް އެނގުނީ ރާކިންގެ ބައްޕަ އުމަރުގެ ފަރާތުންނެވެ. ނަދީމާ ވެސް އެކަމާ އެއްބަސްވިއެވެ.

"އެހެންވީމަ ޒީޝާންމެން މަންމަ ގަބޫލުނުވީތަ އަރްޒަންއާ ޒީޝާންގުޅެން؟"

"ނޫން. އެހެންނެއް ނޫން. އިލްހާމް އަކީ އެކަހަލަ މީހެއް ނޫން. އޭނަ ޒީޝާން އަރްޒަންއާ ގުޅެން ޤަބޫލުވި. އަޅުގަނޑުމެންގެ ހުށައެޅުމަކަށް އެއްބަހެއް ނުވޭ!އޭނާއަށް އެހެން ހުރިހާ ކަމަކަށްވުރެ ޒީޝާންގެ އުފާތައް މުހިންމުވާނެ!" އުމަރު ބުނެލިއެވެ. ރީހާން ބޯ ޖަހައިލުމަށްފަހު، ނާފިއު އާ އެކީގައި އެގެއިން ނުކުތެވެ.

"އެ ދެމީހުން އެ ގުޅުމެއް ގަބޫލުނަމަ އަރްޒަން ކީއްވެ އެމީހުން މަރައިލަންވީ ވެސް؟ އެހެންވީމަ އަހަރެންގެ ހިތެއް ނުބުނޭ އެކަމުގެ އަޑީގައި އަރްޒަންގެ އަތެއްވާނެޔެކޭ. އަހަންނަަށް ހީވަނީ މީ މީހަކު ރާވައިގެން އުޅޭ ރޭވުމެއްހެން. ސޯޝަލް މީޑިއާގައި އަރްޒަންގެ ބޮލުގައި ތުހުމަތު އެޅުވުނަސް އަހަރެމެންނަށް އެ ޕްރެޝަރ އައިސްގެން ނުވާނެ!" ރީހާން ސާބިތުކަމާއެކު ބުނެލި އެވެ.

"އެ ވީޑިއޯގައި ވެސް ހަމައެކަނި ފާހަގަވީ ތަންކޮޅަކީ ޒީޝާންގެ މަންމަގެ ދޮރުކަނީގައި ހިފައްޓައިގެން ހުރިކަން. ކީއްވެ ހަމަ ފަސްވަރަކަށް ސިކުންތައް އެ މަންޒަރު ފެންނަންވީ؟ އެއީ އަހަރެން ހައިރާން ކުރުވާކަމެއް. މިއިން އެއްވެސް މަރެއްގެ ހަޤީގަތެއް ނޭނގޭ! ހަޤީގަތަށް ވާސިލްވާނެ މަގެއްވެސް ނުފެނޭ، އަހް...ބޯޓު ވެއްޓުނު އެ ހާދިސާއަށްފަހު.......... މިސްޓީރިއސް ޑެތްސް..."

ރީހާން ފުންނޭވާއެއް ދޫކޮށްލިއެވެ.

"ނާފިއު. ރާކިން މަރުވި ގަޑީގައި އަރްޒަން ހުރީ ކޮންތާކުތޯ ބަލާ، އެއަށްފަހު ސީސީޓީވީ ފުޓެޖްތައް ޗެކް ކުރޭ އެންމެ ފަހުން އޭނައާ ޒީޝާންއާ ދެމީހުން ގެއިން ނުކުތީ ކޮން އިރަކުތޯ؟" ރާކިން ބުނެލިއެވެ. ނާފިއު ބޯ ޖަހައިލިއެވެ. ކާރަށް އަރާ ދުއްވައިލިއިރު ވެސް އެ ދެމީހުންގެ ސިކުނޑީގައި ވަނީ ހައިޖާނުގަނޑެކެވެ.

*****

"ޒޭން. ޑޫ ޔޫ އީވެން ނޯ ވަޓްސް ހެޕެނިންގް؟" އަރްޒަން ވާހަކަ ދައްކަމުން ދިޔައީ އަޔާންއާއެވެ.

" ނޯ ނަތިންގް ޔާން... އައި ޑޯންޓް އީވެން ނޯ ވަޓްސް ގޮއިން އޮން!" އަރްޒަންގެ އަޑުގައި ވަނީ ހާސްކަމެވެ. އޭނާ އަޔާން އާ ވާހަކަ ދައްލާފާއި ފޯނު ބާއްވާފައި ބޮލުގައި އެއް އަތުން ހިފައްޓައިލިއެވެ. ހާސްކަމުން މީހާ ބަނދެވެމުންދިޔަ ފަދަ އިޙްސާސްއާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. ބޮލުގައި ވެސް ރިއްސަން ފެށިއެވެ.

"ޒީ. ކޭން ޔޫ ގެޓް މީ ސަމް މެޑިސިން... އަހަރެން އެބަ ވަރަށް ބޮލުގަ ރިއްސާ…" އަރްޒަން ބުނެލިއެވެ.

"އޯކޭ ލަވް!"

ޒީޝާން ގޮސް ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް އަރްޒަންއަށް އޭގެން ބޭސްގުޅައެއް ދިނެވެ. އެއަށްފަހު، ފެންތަށި ދިއްކޮށްލިއެވެ.

"އަހަރެން ބޭނުމީ ނިދާލަން..." ބޭސްކައިލުމަށްފަހު، ސޯފާއިން ތެދުވަމުން އަރްޒަން ބުނެލިއެވެ. އެއަށްފަހު އޭނާ ޒީޝާންއަށް އަވަސް ނަޒަރެއް ދެމުން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަދެ އެނދުގައި ޖައްސައިލިތާ ގިނައިރެއްނުވެ އޭނާގެ ލޮލަށް ނިދި ސަވާރުވީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ.

އަރްޒަންއަށް ހޭލެވުނީ މީހެއްގެ ބީހުން އިޙްސާސްކުރެވޭހެން ހީވުމުންނެވެ. ބައެއްފަހަރު އެމީހަކު އޭނާގެ މޫނަށް ފުމެލާހެން ވެސް ހީވިއެވެ. އަނެއްބައިފަހަރު އެ އަތެއްގެ ބީހުން އިޙްސާސްކުރެވޭހެން ވެސް ހީވިއެވެ. ކުއްލިއަކަށް ލޯ ހުޅުވައިލި އަރްޒަން އެއްފަރާތް ބަލައިލީ އޭނާގެ އެއްފަރާތުގައި މީހަކު އޮތްހެން ހީވެގެންނެވެ. ސިހުން ލިބުނީ އޭނާއާ ދިމާލަށް އެނބުރި އެއް އަތް އެނދުގައި ވިއްދާލައިގެން ޒީޝާން އޮތްތަން ފެނުމުންނެވެ.

"ޒީ... ވަޓް އާރ ޔޫ ޑުއިންގް ހިއަޔ؟" އަރްޒަންއަށް އަހައިލެވުނެވެ. އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

"ނިދާލާފައި އޮތްލެއް ލޯބިކަމުން..." ޒީޝާން އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ.

"ޒީ ވައި އާރ ޔޫ ހިއަރ. ޒީއަށް އެނގެއެއްނު އަހަރެން އެހާ ހިންހަމަ އެއް ނުޖެހޭނެކަން..." އަރްޒަންއަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ.

"އެކަމަކު އަހަރެން މީ ޒޭންގެ ގީ އެފް ދޯ. ގައިމު ބަތޫލްއާ އެކީވެސް ހުރި ފޮޓޯ ނަގާފަ. ހަމައެކަނި އަހަރެން ވީމަތަ؟" ޒީޝާން ތެދުވެ ދުރު ބަލައިލިއެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން އޭނާ އެހެން ބުނެލިއިރު ހިސާބަކަށް ނުރުހުންވިހެން އަރްޒަންއަށް ހީވިއެވެ.

"އެކަންތައް ހިނގިގޮތް އަހަރެން ޒީއަށް ކިޔައިދިނީމެއްނު." އަރްޒަން ބުނެލިއެވެ.

"އެނީވޭޒް!. އަހަރެން ޒޭން ދެކެއެއް ރުޅިއެއް ނާދޭ! ހުންނާނެ ވަރަށް މީރުއެއްޗެއް ހަދާފަ. ދެން އާދޭ ކާން. ވަރަކަށް ނިދައިލައިފީމެއްނު. މިހާރު އެ އޮތް ބާރަޖަހަނީ" ޒީޝާން ބުނެލިއެވެ. އަރްޒަން ގަޑިއަށް ބަލައިލިއެވެ.

"އަހަންނަށް އެހާ ގިނައިރު ނިދިއްޖެތަ؟"

"ހެހެ. އާނ. ދެން އާދޭ!" ޒީޝާން ބުނެލިއެވެ.

ކޮޓަރިން ނުކުތް އިރު ޒީޝާން ހުރީ މޭޒު ކައިރީގައެވެ.

"ޒީ... ޒީ މިއިން އެއްވެސް ކަމަކާ ކަންބޮޑެއްނުވޭތަ؟ މިވާ ހުރިހާކަމެއް؟ އަހަރެމެންގެ ވަޒީފާއާ މެދު. އަހަރެން ވަރަށް ހާސްވެ ކަންބޮޑުވޭ!" މޭޒުދޮށުގައި އިށީންނަމުން އަރްޒަން އަހައިލިއެވެ.

"އަހަރެމެން ކޮންކަމަކާ އެހާ ވަރަށް ކަންބޮޑުވާންވީ؟ ޒޭންއަށް އެނގެއެއްނު މީހުން ދައްކާހާ ވާހަކައެއް އަޑު އަހައިގެން ދުވަހަކު ވެސް ދިރިއުޅުމެއް ނޫޅެވޭނެކަން. ކޮންމެ މީހަކުވެސް މަރުވާނެ. އެއީ އަންނާނެ ދުވަހެއް، މަރެއް ނުހިފެއްޓޭނެ. އެހެންނެކޭ ކިޔާފައި އަހަރެމެން ދިރި އުޅޭ މީހުން ދިރިއުޅުން ނަގައިލަން ޖެހޭތަ؟" ޒީޝާން އިށީނދެލާ ތަށި އަރްޒަންއާ ގާތް ކޮށްލަދިނެވެ.

"އެކަމަކު... އެ ހާދިސާގެ ފަހުން، މަރަކަށްފަހު މަރެއް. ހުރިހާކަމެއް ވެސް ވަރަށް މިސްޓީރިއަސްއެއް ނޫންތަ؟"

""ޒޭން. މާ ބޮޑަށް ވިސްނާނެކަމެއްނެތޭ! އަހަރެން މިހުރީނު އަހަރެން އަބަދުވެސް ހުންނާނަމޭ ޒޭންއާ އެކީ." ޒީޝާން ބުނެލިއެވެ.

"ޒީ... ޒީ މަންމަމެން މަރުވީއިރު އަހަންނާ އިންނާކަށް ޤަބޫލެއް ނޫނެއްނު" އަރްޒަން މައުޟޫ އަނބުރައިލިއެވެ.

"އެމީހުން ގަބޫލު ނުވިޔަސް އަހަރެން ގަބޫލޭ. މިހާރު އަހަރެންގެ މަންމައާއި ބައްޕައެއް ދުނިޔެއަކު ނެތެއްނު. އެހެންވީމަ ލައިފްގަ ނަގަން ޖެހޭ ހުރިހާ ޑިސިޝަނެއް ނެގުމުގެ ފުރިހަމަ އިޚްތިޔާޜު އަހަންނަށް އޮންނާނެ. އެހެން ނޫނަސް އަހަންނަކީ ހުރިހާ އިރެއްގައި ވެސް އަހަރެން ބޭނުންވާގޮތަށް ކަންތައް ކުރާ މީހެއް. ކުރިއަށް އޮތްތަނުގައި ވެސް އެކަން އޮންނާނީ އެގޮތަށް. އެކަން ބަދަލުކުރެވޭނޭ މީހަކު ނުހުންނާނެ!" ޒީޝާން އަރްޒަންއަށް ބަލައިލަމުން ބުނެލިއެވެ.

ޒީޝާންގެ އަޅިކުލައިގެ ދެޮލޮލުން ފާޅުވަމުންދިޔަ ވިދުންފެނި އަރްޒަންއަށް ކަޅި ޖަހައި ނުލާ ބަލަން އިނދެވުނެވެ. އޭނާ އެދެލޮލަށް ބަލައިލައިފިނަމަ، އެ ދެލޮލުގެ ޖާދޫގައި ނުޖެހި ދިޔުމަކީ ނެތް ގޮތެކެވެ. އެ ދެލޮލުގައި އެ ހުންނަނީ ކޮންފަދަ ބާރެއްހެއްޔެވެ؟ ކޮންފަދަ ސިހުރެއް ހެއްޔެވެ؟. އޭނާ އެ ދެލޮލުގެ ތެރެއަށް އެހާ ވަރަށް ގެއްލެނީ ކީއްވެހެއްޔެވެ؟ މިހާރަކަށް އައިސް ނޭނގިނަމަވެސް، ޒީޝާންގެ ގާތްކަމާއި އެ ފިރުމުންތަކަށް އޭނާއަށް އެދެވެނީ ކީއްވެހެއްޔެވެ؟ ޒީޝާން އެހާ ގާތުގައި ހުންނަ އިރު، އޭނާގެ ނަފްސުގެ ކޮންޓްރޯލް އަތުން ގެއްލެނީ ކީއްވެހެއްޔެވެ؟ ސިކުނޑި ހުސްވެ މީހާގެ އެތެރެ ހަށީގައި ނޭނގޭ ޖަޒުބާތެއް ދައުރުވަނީ ކީއްވެހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. ޖަވާބު ލިބުން ނެތް އަރަތްތަކެކެވެ. އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އަރްޒަން އަތަކު ނެތެވެ. ހިތަށް އަންނަ ހަމަ އެކަނި ލަފްޒަކީ ލޯތްބެވެ.

*****

"ސަރ... ޒޭބާގެ ބަޔާން ނަގައިފިން. އެންމެ ފަހުން ރާކިން ގުޅާފައިވަނީ ޒޭބާއަށް. އެ ފޯނުގެ ރެކޯޑިންްގް އަޑުވެސް އަހައިފިން. ރާކިންގެ ގެއަށް އެރޭ އަންހެނެއް ވަތް. އެއްވެސް ސީސީޓީވީ ފުޓެޖްއެއް މަސައްކަތެއް ނުކުރޭ! އެހެންވީމަ ސީދާކާކުކަމެއް ނޭނގުނު. ފޯނުގެ ރިކޯޑިންގެ ވަކި ހިސާބަކުން އަޑު ކެނޑިކެނޑިގެން އައިމަ ރަނގަޅަށް އަޑުވެސް ސާފުވާގޮތެއް ނުވޭ، އެކަމަކު، އެނގޭ އެއީ އަންހެނެއްގެ އަޑުކަން" އައިމަން ވާހަކަ ދެއްކީ ރީހާންއާއެވެ. އެ ދެމީހުން އިންވެސްޓިގޭޝަން ރޫމްތެރެއަށް ވަތް އިރު ވެސް ނާފިއު އާ އެހެން މެންބަރުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

*****

"ބަތޫލްގެ ވާހަކަ އަހަންނަށް ބުނެވުނު ނަމަ ކިހިނެއްވާނީ؟ އެއީ އަނެއްކާ ބަތޫލްއަށް ވެދާނެތަ؟ ރާކިން އެހާ ރުޅިއައިސްގެން ބަތޫލްއާ ވާހަކަ ދައްކާނީ ކިހިނެއް؟ ލެޓް މީ ހިއަރ ދި ރިކޯޑިން އެގެއިން" ޒޭބާ އޭނާގެ އަމިއްލަ ނަފުސާ ވާހަކަ ދެއްކިއެވެ. އޭނާ އެތައް ފަހަރަކު އެ ރެކޯޑިން އަޑު އެހިއެވެ. އެ އަޑު އެއީ ކާކުގެ އަޑެއްކަން އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ.

އަނެއްކޮޅުން ބަތޫލްގެ ޙާލަކީ ކޮބައިތޯއެވެ. ރާކިންގެ މަރުގެ ޚަބަރާއެކު ޚުދު އޭނާއަށް ވެސް ވަނީ ޝޮކެއް ލިބިފައެވެ. އެ ކުއްލި މަރުގެ ފަހަތުގައި ފޮރުވިފައވަނީ ކޮން ސަބަބެއް ހެއްޔެވެ؟ ރާކިންއާއި އޭނާގެ ޕްލޭން ކާމިޔާބުވީކަމެއް ވެސް ނުވާކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ރާކިންގެ ރާގު ހުރިގޮތުން އޭނާއަށް ބޮޑަށް ބުރަވެވެނީ އެކަން ކާމިޔާބު ނުވީކަމަށެވެ. އަތުގައި ހުރި ފޮޓޯތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ޒޭބާގެ ދަންކުނޑި ވަނީ ވިކިފައެވެ. އެ ދެމީހުން ދުރުނުވެއްޖެނަމަ ދެން ހަދާނޭ ގޮތް ވެސް އޭނާ ހިތު ތެރޭގައި ރާވައިލިއެވެ. އެކަމަކު އިހަށް މިވަގުތު އޭނާ މަޑުކޮށްލާނީއެވެ. އެކަން ރާވާނީ ފަހުންނެވެ.

*****

ވިއްސާރަރެއެކެވެ. ވައިގަދައެވެ. ބޯކޮށް ވާރޭ ވެހެއެވެ. މަގުމަތިން މީހަކުފެންނަނީ ހާލަކުން ފަހަރަކުއެވެ. ވިދާލާވިދުވަރާއެކު ޖަހާލާ ގުގުރީގެއަޑުވެސް އެހާ ބާރެވެ.

އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިން އަޔާންގެ މޫނުމަތިން ފެންނަނީ ހައިރާންކަމާއި ސިހުމެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ ލެޕްޓޮޕްގެ ސްކްރީނަށެވެ. އެއަށް ބަލަމުން ދިޔަވަރަކަށް އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަން އިތުރުވަމުން ދިޔައެވެ. ލެޕްޓޮޕުން އަޅުވާފައިވާ ވީޑިއޯ ހުއްޓައިލުމަށްފަހު، އެކި ގޮތްގޮތަށް ޒޫމްކޮށްގެން ވެސް އޭނާ އެ އަށް ބެލި އެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު