ޗައިނާގައި ގުނަވަނުގެ ވަގު ވިޔަފާރި ކުރަމުން ދިޔަ ޑޮކްޓަރުންތަކެއް ހައްޔަރުކޮށްފި

އޮޕަރޭޝަނެއްގެ ތެރެއިން-

ޗައިނާގައި ގުނަވަނުގެ ވިޔަފާރި ވަަގަށް ކުރަމުން ދިޔަ ޑޮކްޓަރުންތަކެއް ހައްޔަރުކޮށްފިއެވެ.

ޗައިނާގެ މީޑީއާތަކުން ބުނީ 2017-2018 އާ ދެެމެދު ޗައިނާގެ އަންހުއި ޕްރޮވިންސްގެ ހޮސްޕިޓަލްގެ ހުއައިޔުއާން ކައުންޓީ ޕީޕަލްސް ހޮސްޕިޓަލްގެ އެ ޑޮކްޓަރުން 11 މީހެއްގެ ކިޑްނީއާއި ފުރަމޭ ނެގި ކަމަށެވެ.

އެ ޑޮކްޓަރުން އެގޮތަށް ގުނަވަންތައް ނަގަނީ ގުނަވަންތައް ހަދިޔާކުރަނީކަމަށް ބުނެ އާއިލާއަށް އޮޅުވާލައިގެންނެވެ.

ހައްޔަރުކުރި ޑޮކްޓަރުންގެ ތެރޭގައި ހޮސްޕިޓަލްގެ ޕްރޮކިއުމަންޓްގައި މަސައްކަތް ކުރަމުން ދިޔަ ވަރަށް ސީނިއާ ޑޮކްޓަރުންތަކެއް ހިމެނެއެވެ.

އެ ޑޮކްޓަރުން ގުނަވަންތައް ނެގުމުގައި ބޮޑަށް ބަލާފައިވަނީ ކާރު އެކްސިޑެންޓްތަކުގައި ސެރެބްރަލް ހެމޮރޭޖް ފަދަ ސީރިއަސް ކޭސްތަކުގެ މީހުންނަށެވެ.

އެގޮތުން އެ ހޮސްޕިޓަލްގެ އިންޓެންސިވް ކެއާ ޔުނިޓްގެ ހެޑް ޔޭންގް ސުޒުން އެފަދަ މީހުންގެ އާއިލާތަކާ ބައްދަލުކޮށް ގުނަވަންތައް ހަދިޔާކުރުމަށް އެދި އެމީހުން ލައްވާ ފޯމުތަކެއްގައި ސޮއިކުރުވައެވެ. ނަމަވެސް އާއިލާ މީހުންނަށް ދެމުންގެންދިޔައީ ފޭކް ފޯމުތަކެކެވެ.

އޭގެ ފަހުން އެ ގުނަވަންތައް ހޮސްޕިޓަލްތަކަށާއި މީހުންނަށް ދިޔައީ ވިއްކަމުންނެވެ.

އެ މައްސަލަ ފަޅާއެރީ އެގޮތަށް ފޯމުތަކެއްގައި ސޮއިކުރި މީހަކު ފަހުން ހޮސްޕިޓަލުން އާއިލާއަށް ދިން ފޯމުތަކުގައި ހުރި މައުލޫމާތު ދިމާނުވާކަން ފާހަގަވެގެން އެކަން ރިޕޯޓުކުރުމުންނެވެ. -- ބީބީސީ--

ގުޅޭ ޓެގު
comment ކޮމެންޓް