މިއަދު 44 މީހުން ޕޮޒިޓިވް، ރަނގަޅުވީ 32 މީހުން

މެއި 27، 2020: ސާމްޕަލް ނެގުމަށް އާރްއާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ނެގި 1،538 ސާމްޕަލުން 44 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 12،933 އަށް އަރާފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލެ އޭރިއާއިން ޕޮޒިޓިވްވި 37 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ތިން މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ތިން މީހުންގެ އިތުރުން ތަރައްގީކުރަމުންދާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1،131 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 93 މީހަކަށެވެ.

މި ބަލިން މިއަދު ރަނގަޅުވެފައިވަނީ 32 މީހެކެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 11،749 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 46 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް