ހައިކޯޓު އިސްފަނޑިޔާރަކަށް ހާތިފް، ކްރިމިނަލް ކޯޓު ޝަކީލަށް

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ގ. ޑޭޒީފެހި، ހާތިފް ހިލްމީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް އއ ފެރިދޫ ސިޔަމާމަންޒިލް އަހުމަދު ޝަކީލް އައްޔަނުކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސާ ހިސާން ހުސައިންއެވެ.

ހާތިފް ހިލްމީ އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީ އިން ބެޗެލާ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސިވިލްކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު 11 އަހަރު އަދި ހައިކޯޓުގެ ފަނޑިޔާރުކަން 10 މަސް ވަންދެން ފުރުއްވައިފައެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް އައްޔަނު ކުރެއްވިއަހުމަދު ޝަކީލް އަކީ ވިލާ ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާސް އޮފް ޝަރީއާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޝަކީލް ވަނީ މީގެ ކުރިން ފެމެލީ ކޯޓާއި ޖުވެނައިލްކޯޓު އަދި ސިވިލްކޯޓުގައި މަސައްކަތް ކުރައްވައިފައެވެ.

comment ކޮމެންޓް