ފުޓުބޯޅަ ލެޖެންޑް މެރަޑޯނާ މަރުވެއްޖެ

ފުޓްބޯޅަ ލެޖެންޑެއް ކަމަށްވާ ޑިއޭގޯ މެރަޑޯނާ

ފުޓްބޯޅަ ލެޖެންޑެއް ކަމަށްވާ ޑިއޭގޯ މެރަޑޯނާ އުމުރުން 60 އަހަރުގައި މަރުވެއްޖެ އެވެ.

ދާދި ދެންމެއަކު ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެރަޑޯނާ މަރުވެފައިވަނީ ކާޑިއެކް އެރެސްޓެއްގެ ސަބަބުންނެވެ.

އޭނާ ދިރިއުޅޭ އަދި އުފަން އާޖެންޓީނާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި މެރަޑޯނާ ވަނީ ދާދި ފަހުން ހާޓް އެޓޭކް އެއް ޖެހިފައެވެ. އޭނާއަށް ހާޓް އެޓޭކެއް ޖެހިފައިވަނީ މީގެ ދެ ހަފްތާއެއްހާ ކުރީން ސިކުނޑީގެ ސާޖަރީއެއް ހެދުމަށްފަހު ދޫކޮށްލުމަށްފަހުގައެވެ.

މެރަޑޯނާއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް ކުޅުންތެރިޔެވެ. އެގޮތުން 1986 ވަނަ އަހަރުގައި އޭނާ ވަނީ އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި އިސް ރޯލެއް އަދާކޮށްފައެވެ.

އޭނާގެ ފުޓުބޯޅައިގެ ކެރިއަރުގައި ވަނީ ގިނަ ޓީމުތަކުގައި ވަރުގަދަ ހުނަރުތަކެއް ދައްކާލާފައެވެ. އެގޮތުން ބާސެލޯނާ އާއި ނަޕޯލީ އަދި ބޮކާ ޖޫނިއާ ފަދަ ޓީމްތަކަށް އޭނާ ވަނީ ކުޅެފައެވެ.

މެރަޑޯނާގެ ގިނަ ފާހަގަކުރެވޭ ކުޅުންތަކެއް ހުރިއިރު އެންމެ ގިނަ ބަޔަކަށް އަދި އަދާ ޖެހެންދެންވެސް އެންމެ ފާހަގަކުރެވޭ އެއް މަންޒަރަކީ މެރަޑޯނާގެ "ހޭންޑް އޮފް ގޯޑް" އެވެ. އެއީ 1986 ވަނަ އަހަރު އާޖެންޓީނާ، އިންގްލެންޑް އާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ގޯލަށް ދީފައިވާ ބަހެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު