މާލެ ހިޔާ ފުރަގަހުގައި ހުރި ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަނީ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާގުޅިގެން މާލެ ހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައި ވަނީ 29 ނޮވެމްބަރު ވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

އެ ކްލިނިކްގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ސެނަހިޔާއިން ދެމުންގެން އަންނަ ފްލޫ ކްލިނިކްގެ ހިދުމަތް މިހާރެކޭ އެއްގޮތަށް ދެމުންގެންދާނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައި ވާއިރު، ރާއްޖޭގައި ކޭސްތައް ވަރަށް ބޮޑަށް ދަށްވެފައި ހުރިމަށްފަހު، އަނެއްކާވެސް ކޮންމެސް ވަރަކަށް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.

އަދި ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ވެސް މި މަހުގެ 15 ވަނަ ދުވަހު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް