ނިދީގައި ދިމާވާ މައްސަލަތައް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕޮލިސޮމްނޮގްރަފީ ޓެސްޓުން ބަލައިލާ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕޮލިސޮމްނޮގްރަފީ ޓެސްޓު-- ފޮޓޯ/ޓްރީ ޓޮޕް

ޕޮލިސޮމްނޮގްރަފީ ނުވަތަ ނިދި ޓެސްޓް ކުރުމަކީ ރޭގަނޑު މީހާ ނިދާފައި އޮންނަ ވަގުތު ސިކުނޑިއަށާއި ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމުގެ ގޮތުން ހެދޭ ޓެސްޓެކެވެ. މި ޓެސްޓް ހަދަނީ ނިދުމުގައި ދިމާވާ އެކި މައްސަލަތަށް ދެނެގަތުމައްޓަކާ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ގާއިމު ކޮށްފައިވާ، އެކަމަށް ހާއްސަ ލެބޯޓަރީއަކުންނެވެ.

މި ޓެސްޓް ހެދުމުގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 500 ރުފިޔާ އެވެ.

ނިދުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ؛

  • ސްލީޕް އެޕްނިއާ (ނިދާފައި އޮންނައިރު އެކި ފަހަރުގެ މަތިން ނޭވާ ހުއްޓުމާއި، ގުގުރި ދެމުން)
  • ނާކޮލެޕްސީ (އަބަދު ނިދި އައުން)
  • އިންސޮމްނިއާ (ރޭގަނޑުގެ ގިނަ ވަގުތު ނިދި ނައުން)
  • ސްލީޕް ވޯކިންގް (ނިދީގައި ހުރެގެން ހިނގުމާއި އެހެނިހެން ހަރަކާތްތައް ހިންގުން)
  • ރެޕިޑް އައި މޫވްމަންޓް ޑިސްރަޕްޓިވް ސްލީޕް ޑިސްއޯޑާ (ނިދީގައި އޮންނައިރު "ހަމަލާދޭ"ފަދަ ހަރަކާތެއް ކުރެވުން)

ނިދި ޓެސްޓު ކުރުމަށްޓަކައި ހޮސްޕިޓަލަށް ދާން ޖެހޭނީ ރޭގަނޑު ގަޑިއަށެވެ. އަދި ދުވާލު ވަންދެން (ގާތްގަނޑަކަށް 8-10 ގަޑިއިރު) ސްލީޕް ލެބޯޓަރީގައި ޓެސްޓް ހެދުމަށްޓަކައި ހުންނަން ޖެހެ އެވެ. މި ޓެސްޓް ހެދުމަށްޓަކައި އާންމުކޮށް ނިދުމަށްޓަކައި ބޭނުންވާ ނިދާ ހެދުން އަދި އާންމުކޮށް ނިދުމުގެ ކުރިން ބޭނުންކުރާ އެހެނިހެން ތަކެތި ގެންދެވޭނެ އެވެ.

ޕޮލިސޮމްނޮގްރަފީ ޓެކްނޮލޮޖިސްޓުން ބަލިމީހާ ރޭގަނޑު ނިދާފައި އޮންނަ ގަޑީގައި މޮނިޓާ ކުރާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕޮލިސޮމްނޮގްރަފީ ޓެސްޓު-- ފޮޓޯ/ޓްރީ ޓޮޕް

އެއްވެސް އެހީއެއް ބޭނުންވާނަމަ ބޭނުންވާ ކަމެއް މޮނިޓަރިންގް އާލާތުގެ ޒަރީއާއިން ހިއްސާކުރެވޭނެ އެވެ. އަދި ތެދުވުމަށް ބޭނުންވާ ހާލަތްތަކުގައި ހަށިގަނޑާއި ގުޅިފައި ހުންނަ ވަޔަރުތައް ނައްޓާލުމަށް ޓެކްނީޝަން އެހީވެދޭނެ އެވެ. ގޭގައި ނިދޭހާ ފަސޭހައިން ސްލީޕް ސެންޓަރުގައި ނުނިދުނަސް ޓެސްޓްގެ ނަތީޖާއަކަށް ބަދަލެއް ނާންނާނެ އެވެ. ޕޮލިސޮމްނޮގްރަފީ ޓެސްޓުން ސައްހަ ނަތީޖާއެއް ހޯދުމަށްޓަކައި މުޅި ރޭ ނިދުން ލާޒިމެއް ނޫނެވެ.

ނިދީގައި ހިނގާ ހަރަކާތްތައް ޓެކްނީޝަން މޮނީޓަރު ކުރާނީ ކޮޓަރީގައިވާ ވީޑިއޯ ކެމެރާގެ އެހީގަ އެވެ. އަދި މި ކެމެރާގައި ދެފަރާތައް އަޑު އިވޭނެހެން އޯޑިއޯ ސިސްޓަމްއެއް ހުންނާނެ އެވެ.

ނިދުމަށް ރެޑީވުމާއެކު ޓެކްނީޝަން ބަލި މީހާގެ ހަށިގަނޑުގައި ސެންސަރު ހަރުކުރާނެ އެވެ. މި ސެންސަރުތައް ހުންނާނީ ކޮމްޕިއުޓަރަކާއި ގުޅިފަ އެވެ. މި ސެންސަރުތައް ހަރުކޮށްފައި ހުރިނަމަވެސް މީގެ އުދަނގުލެއް ނިދަން އޮންނަ ފަރާތަކަށް ނުވާނެ އެވެ. އަދި މި ސެންސަރުތަކުގެ އެހީގައި ނިދާފައި އޮންނައިރު ޓެކްނީޝަން ބަލި މީހާގެ ސިކުނޑިއާއި ލޮލުގެ ހަރަކާތް، ހިތުގެ ވިންދު، ނޭވާލާ މިންވަރު، ގުގުރިދަމާ މިންވަރު އަދި ހަތަރެސްފައި ހަރަކާތްކުރާ މިންވަރު ފަދަ ކަންކަން ތަހުލީލުކުރެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕޮލިސޮމްނޮގްރަފީ ޓެސްޓު-- ފޮޓޯ/ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޮލިސޮމްނޮގްރަފީ ޓެސްޓްގެ ހިދުމަތްތައް ދިނުމުގައި އެންމެ ޒަމާނީ މެޝިނަރީ އާއި ވަސީލަތްތަކުގެ އެހީގައި ހުނަރުވެރި ޓެކްނީޝަނުންނާއި ތަޖްރިބާކާރު ޑޮކްޓަރުން އިސްކޮށް ހަރަކާތްތެރިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުމުން ޕޮލިސޮމްނޮގްރަފީ ޓެސްޓްގެ އިތުރު މައުލޫމާތު ހޯދައި، ޓެސްޓަށް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.

comment ކޮމެންޓް