12 މުސްލިމް ގައުމެއްގެ ރައްޔިތުންނަށް ޔޫއޭއީ އިން ވިސާ ދިނުން ހުއްޓާލައިފި

ޔޫއޭއީ--

ބާރަ މުސްލިމް ގައުމެއްގެ ރައްޔިތުންނަށް ޔޫއޭއީން ވިސާ ދިނުން ހުއްޓާލައިފިއެވެ.

އެ ގަވައިދަށް ޔޫއޭއީން އަމަލުކުރަން ފެށީ މިމަހުގެ 18 އިން ފެށިގެންނެވެ. އެއާއެކު ވަޒީފާ އަދާކުރަން ދޭ ވިސާއާއި އެގައުމަށް ޒިޔާރަތްކޮށްލުމަށް ދޭ ވިސާވެސް ވަނީ އެ ގައުމުތަކުގެ ރައްޔިތުންނަށް ދިނުން ހުއްޓާލައިފައެވެ.

ވިސާ ދިނުން ހުއްޓާލައިފައިވާ މުސްލިމް ގައުމުތަކުގެ ތެރޭގައި ޔަމަން، ސީރިއާ، އިރާގު، ލީބިޔާ، ސޯމާލިއާ، ލުބްނާން، އަލްޖީރިއާ، ޕާކިސްތާން، ތުރުކީ، އަފްގާނިސްތާން، ތޫނިސް އަދި ތުރުކީ ހިމެނެއެވެ.

އޭގެ އިތުރުން މުސްލިމް މައިނޯރިޓީއެއް އޮންނަ ކެންޔާއަށްވެސް ވިސާ ދިނުން ވަނީ ހުއްޓާލައިފައެވެ.

އެ ހުރިހާ ގައުމުތަކެއްގެވެސް ގިނަ އަދަދެއްގެ މީހުން ޔޫއޭއީގައި ވަޒީފާ އަދާކުރެއެވެ.

ޔޫއޭއީން ބުނީ އެ ގައުމުތަކަށް ވިސާ ދޫކުރަން ހުއްޓާލީ ސަލާމަތީ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް އެއާ ބެހޭ ތަފްސީލެއް ނުދެއެވެ. އަދި ވިސާ ދޫކުރަން ހުއްޓާލީ ކިހާ މުއްދަތަކަށް ކަަމަށްވެސް ނުބުނެއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ އާ ގަވައިދާއެކުވެސް ކުރިން ވިސާ ދޫކޮށްފައިވާ އެގައުމުގެ ރައްޔިތުންނަށް ޔޫއޭއީއަށް އެތެރެވެވޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް