ޔާމީން ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުވުމަށް މިރޭ ޗިޓް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލްވެސް މިރޭ ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސްކަންވެސް ކުރައްވާ ޔާމީން ވިދާޅުވީ އޭނާއަށް މިރޭ ފުލުސް އޮފީހުން ޗިޓެއް ފޮނުވީ ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް މާދަމާ 11:00 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ކަމަށެވެ.

"އެއީ ތެދެއް. އެ ޗިޓް އޮތީ ލިބިފައި،" ޔާމީން ވިދާޅުވި އެވެ. އިތުރު އެއްޗެއް އޭނާ ވިދާޅެއްނުވި އެވެ.

ފުލުސް އޮފީހަށް މާދަމާ ޔާމީން ގެންދާއިރު ސަރުކާރާ ދެކޮޅަށް ސާބިތު ނުހިފޭ ވާހަކަ ދެއްކި ކަމަށް ބުނެ ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް ވަނީ ތަފާތު ފަސް ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށް ދޫނިދޫގައި ބަންދުވެސް ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު