މިއަހަރު ނިމުމުގެ ކުރިން އީޔޫއިން ކޮވިޑް ވެކްސިންތަކަށް ހުއްދަ ދީފާނެ

ފައިޒާ ވެކްސިންގެ ޓްރަޔަލްތަކުގައި މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ--

މިއަހަރު ނިމުމުގެ ކުރިން އީޔޫއިން ކޮވިޑް ވެކްސިންތަކަށް ހުއްދަ ދީފާނެކަމަށް ބެލެވޭކަމަށޤ ޔޫރަޕިއަން ޔޫނިއަން މެޑިސިން އޭޖެންސީ (އީއެމްއޭ) ގެ އެކްޒެކްޓިއުވް ޑިރެކްޓަރު އީމާ ކޫކް ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ދެކޮޅަށް ބައެއް ކުންފުނިތަކުން ހެދި ވެކްސިންތަކުގެ ތަހުލީލްތަކުގެ ނަތީޖާ ކާމިޔާބުކަމަށް ދައްކާކަމަށް އެކުންފުނިތަކުން ބުނެ އެވެ.

އޭގެ ތެރޭގައި ފައިޒާއާއި ބިއޯންޓެކް ގުޅިގެން އުފެއްދި ވެކްސިނާއި މޮޑާނާގެ ވެކްސިން އަދި އެސްޓްރާޒެނިކާ ހިމެނެ އެވެ.

" ހުރިހާކަމެއްވެސް ރަަނގަޅަށްދާނެކަމަށް ބެލެވެނީ. ދެން ޑޭޓާތަކަށް ބެލުމަށްފަހު ވެކްސިންތަކާމެދު ސައިންޓިފިކްގޮތުން ގޮތެއް ނިންމާނެ" އެމާ އައިރިޝް އިންޑިޕެންޑެންޓް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މިހާރުވެސް ފައިޒާއިން ވަނީ އިމެޖެންސީ ހާލަތުގައި ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދައަށް އެދިފަ އެވެ.

އެމާ ވިދާޅުވީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވެކްސިނަށް ހުައްދަ ދޭންވާއިރަށް އީއެމްއޭއިންވެސް ހުުއްދަ ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބެލެވިފައިވާ ގޮތުގައި ފައިޒާގެ ވެކްސިނަށް އަންމަ ޑިސެމްބަރުގައި ހުއްދަ ދޭނެ އެވެ.

މިހާތަނަށް މުޅި ދުނިޔެއިން 59.4 މިލިއަން މީހުނަށް ޖެހިފައިވާއިރު ބަލީގައި 1.4 މިލިއަނެއްހާ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް