އާޒިމް ފައްޔާޒަށް: ކުރާ ވައްކަން އެނގޭ، ނޭނގި ނުވެސް ކުރެވޭނެ

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

ކުރާ ވައްކަން އެނގޭ ކަމަށާއި، ނޭންގި ވައްކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރައްދު ދެއްވައިފި އެވެ.

ވައްކަން ކުރިޔަސް "ބްރޯ" އިންނަށް މެސެޖުކޮށްގެން އެކަން ކުރާވަރަށް ވުރެ ފެންވަރު ރަނގަޅުވާނެ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ދުވަހަކުވެސް ވައްކަން ކުރާނެ މީހެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ސަރުކާރުގެ ފަރާތުން ޓުއަރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ހުށަހަޅުއްވަމުން އާޒިމް ވަނީ ފައްޔާޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ކުރާ ވައްކަން އެނގޭ ކަމަށެވެ.

"އަޅުގަނޑެއް ފަހަރެއްގައިވެސް ނުބުނަން ވައްކަން ކުރަން މާ މޮޅުވާނެއެކޭ. ތިމަންނައަށް މިކަންކަން ކޮށްލެވިދާނެއެކޭ. އެއްވެސް މީހަކަށް ނޭންގޭނޭ. ނޫން ނުވެސް ކުރެވޭނެ. އެފުރުސަތެއް ވެސް އަޅުގަނޑުމެން ނުވެސް ދޭނަން. ވައްކަން ނޭނގޭ ގޮތަކަށް ނުވެސް ކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ ކުރާ ވައްކަންވެސް އަޅުގަނޑުމެންނަށް އެބަހުރި އެކަންކަން ފެންނަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ވައްކަން ކުރާކަން އެނގުނު ނަމަވެސް އެވާހަކަ ނުދައްކަނީ ރީތިކޮށް ކަންކަން ހައްލުކުރެވޭނެ ކަމަށް އުންމީދުކޮށްގެން ކަމަށެވެ. އަދި އެކަންކަން ހައްލު ނުކުރެވޭ ކަމުގައި ވާނަމަ މަޖިލީހުގައި އެވާހަކަ ރީތިކޮށް ރައްޔިތުންނަށް ކިޔާދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ކިހާވަރެއްގެ ކޮންތާކުން ކޮން ވައްކަމެއްތޯ ކޮށްފައި ހުރީ." އާޒިމް ވިދާޅުވި އެވެ.

އެވާހަކަ އާޒިމް ދެއްކެވީ މިހާރު ޓުއަރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ސަރުކާރުން ޓުއަރިޒަމްގެ ވިޔަފާރިއަށް އިތުރު ކުންފުންޏެއް ހަދަން ބިލުގައި ހިމަނާފައިވާތީ އެވެ. އާޒިމް ވިދާޅުވާ ގޮތުން ކުންފުނި ހަދައިގެން ސަރުކާރުން ވިޔަފާރި ކުރުމަކީ އެމްޑީޕީ ދެކުނު ތަސައްވަރެއް ނޫން ކަމަށެވެ. އެއީ ވައްކަން ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެން ބުނާ އަޑުއަހަން ޓޫރިޒަމްއަކީ ރަންބިސް އަޅާ ކުކުޅޭ. އެ ކުކުޅުގެ ފޫކޮޅުގައި އަޅުގަނޑުމެން މިއުޅެނީ އަތް އަޅަން. ބިހެއް ނާޅާ ގޮތަށް އަތް އަޅަން މިއުޅެނީ." އާޒިމް ވިދާޅުވި އެވެ.

އާޒިމް މިސާލެއްގޮތުގައި ނެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ތެރެއަށް އަތް ބާނައިގެން ރައްޔިތުންނަށް ލިބެން އޮތް ފައިދާއެއް ފޭރިގަތީ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ބަލާލަން އެބަ ޖެހޭ އެމްއެމްޕީއާރުސީ ކަހަލަ އަނެއް ވައްކަން ކުރަން ވެގެން ތައްޔާރުކޮށްފައި އޮތް ބާބެއްތޯ" އާޒިމް ވިދާޅުވި އެވެ.

https://sun.mv/145769

comment ކޮމެންޓް