ބޫމީގެ "ދުރުގާވަތީ" ގެ ނަން ބަދަލުކޮށްފި

ބޮލީވުޑްގައި މިހާރު އެންމެ ގަދައަށް ފިޔަޖަހަމުންދާ އެއް ބަތަލާ ބޫމީ ޕެޑްނޭކަރުގެ ކުރިއަށް އޮތް ފިލްމު "ދުރުގާވަތީ"ގެ ނަން "ދުރުގާމަތީ" އަށް ބަދަލުކޮށްފި އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު އެ ފިލްމު އެމެޒޯންގައި ޕްރިމިއާކުރާއިރު މި ފިލްމަކީ ހޮރޯ ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ އަންހެން ލީޑުންބޫމީ ފެނިގެންދާއިރު ފިރިހެން ލީޑު ރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރެވެ.

ކަރަން އާ ވިކީ ކޯޝަލް އާ ގުޅިގެން ގެނެސްދޭ ދުރުގާމަތީ އަކީ ބޫމީ އާ އަކްޝޭ އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ވަނީދައްކާލާފައެވެ.

މަޝްހޫރު ގޭމް "ޓެމްޕަލް ރަން"ގެ ބެކްރައުންޑް ފެންނަހެން ހީވާގޮތަކަށް ފިލްމުގެ ޕޯސްޓަރު އާންމުކުރި އިރު ގިނަ ބަޔަކު ވަނީ ޕޯސްޓަރާ މެދު ޝައުގުވެރިކަންފާޅުކޮށްފަ އެވެ. އަދި ޕޯސްޓަރުން ފެންނަ ދޮރުގެ ފަހަތުގައި ވަކީ ކޮން އެއްޗެއްތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލުކޮށްފަ އެވެ.

ބޫމީ ބުނީ އެ ދޮރުގެ ފަހަތުން ފެންނަ އެއްޗެއް ބެލުމަށް ފިލްމު ބަލަންޖެހޭނެ ކަމަށެވެ. ބަތަލާ ބޫމީ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގައި ރިލީޒްކުރި"ޑޯލީ ކިއްޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" އިންނެވެ. އެ ފިލްމުގައި ބޫމީ އާ އެކު ހަރަކާތްތެރިވީ ކޮންކަނާ ސެން އާއި ވިކްރަންތު މަސީ އެވެ.

comment ކޮމެންޓް