100 މިލިއަން ހޯދި ފުރަތަމަ ޓިކްޓޮކާއަށް ޗާލީ

ޗާލީ ޑިއެމީލިއޯ ---

މިހާރު ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ކަމަށްވާ ޓިކްޓޮކްގައި 100 މިލިއަން ފޮލޮވަރުން ލިބުނު ފުރަތަމަ ފަރާތަކަށް އެމެރިކާގެ ޒުވާން ޓިކްޓޮކާ ޗާލީ ޑިއެމީލިއޯ ވެއްޖެ އެވެ.

ޗާލީގެ މަގުބޫލުކަން ޓިކްޓޮކްގައި އިތުރުވެފައި ވަނީ މީގެކުރީން ސޯޝަލް މީޑިއާގައި އެހެން ފަރާތެއް ވެފައި ނުވާފަދަ ބާރު ސްޕީޑެއްގަ އެވެ.

އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 100 މިލިއަން ފޮލޮވަރުން ޗާލީއަށް ލިބުނުއިރު އެއާ ގާތްކުރާ އަދަދަކަށް ވެސް ފޮލޮވަރުން ހިމެނޭ ފަރާތެއް އެ ޕްލެޓްފޯމްގައި ނެތެވެ.

ޗާލީއާ ދެން އެންމެ ގާތް ކުރާ ޔޫޒަރަކީ އެޑިސަން ރޭ އެވެ. އޭނާއަށް 69.9 ފޮލޮވަރުން ލިބިފައިވާ އިރު ތިންވަނައިގައި 52.8 މިލިއަން ފޮލޮވަރުންނާއެކު އުޅެނީ ޒެކް ކިންގް އެވެ.

އެތައް ޒުވާނުންނެއް ޓިކްޓޮކްގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންދާއިރު މެއިންސްޓްރީމް މީޑިއާގެ ލަވަކިޔުންތެރިންނާއި އެކްޓަރުން އަދި އިތުރު ސޯޝަލް މީޑިއާ ޕާސޮނޭލިޓީތަކުންވެސް ދަނީ ޓިކްޓޮކްއާ ގުޅެމުންނެވެ.

ޗާލީގެ ފޮލޮވަރުންގެ އަަދަދު 100 މިލިއަނަށް އެރުމަކީ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުންގެ އަދަދު ހަލުވި ސްޕީޑެއްގައި އިތުރުވަމުންދާ ކަމުގެ ނިޝާނެކެވެ.

comment ކޮމެންޓް