މިއަދު ރާއްޖެއިން 30 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 30 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 1،763 ސާމްޕަލްގެ ތެރެއިން 30 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި އަށް ބިދޭސީންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 27 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 12،608 އަށް އަރައިފައެވެ. އަދި މިއަދު ރަނގަޅުވި 40 މީހުންނާއެކު މިހާތަނަށް ރާއްޖެއިން 11،599 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައިތިބީ 956 މީހުންނަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 344މީހުން ތިބިއިރު، 86 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް 46 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް