ޕްރޮކިއޮ ޕްލަސްއިން ދުނިޔޭގެ މަޝްހޫރު ސްޓޭޝަނަރީ ބްރޭންޑު "ޑޫޑުލް ކަލެކްޝަން" ތައާރަފުކޮށް ގިވްއަވޭ އެއް

ޕްރޮކިއޮ ޕްލަސް އިން ޑޫޑުލް ބްރޭންޑުގެ ސްޓޭޝަނަރީ ރާއްޖެއަށް ތައާރަފުކޮށް، ހާއްސަ ގިވް އަވޭ އެއް ފަށައިފި އެވެ.

މި ގިވްއަވޭގެ ހަތަރު ނަސީބުވެރިން ހޮވަން ހަމަޖެހިފައިވާއިރު، ކޮންމެ ހަފްތާއަކު ދެ ނަސީބުވެރިން ހޮވާނެ އެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ޑޫޑުލް ބްރޭންޑުގެ ނޯޓްފޮތެއް ނޫނީ ޕްލޭނާއެއް ނޫނީ ޑައިރީ އެއް ލިބޭނެ އެވެ.

އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޕްރޮކިއޮ ޕްލަސްގެ ޕޭޖަށް ފޮލޯކުރަންޖެހޭނެ އެވެ.

އަދި ޕްރޮކިއޮ ޕްލަސްގެ ފިހާރައަށް ޒިޔާރަތްކޮށް ޑޫޑުލް ކަލެކްޝަންގެ ފޮތްތަކުގެ ތެރެއިން އެމީހަކަށް އެންމެ ކަމުދާ ފޮތެއްގެ ފޮޓޯ ނަގައި، ޕްރޮކިޔޮ ޕްލަސް ޓެގް ކުުރުމަށްފަހު ސްޓޯރީ އަށް ޕޯސްޓު ކުރަންޖެހެ އެވެ.

ސްޓޯރީ އަށް ޕޯސްޓު ކުރާއިރު #doodlecollectionmv #procureplusmv މި ދެ ހޭޝްޓެގް ބޭނުންކުރަން ހަނދާން ކުރަން ވާނެ އެވެ.

ޕްރޮކިއޮ ޕްލަސް އިން ކުރެހުމުގެ މަސައްކަތުގައި ބޭނުންކުރާނެ ކޮލެޓީ ސާމާނާއި އޮފީސް ސަޕްލައިސް އަދި ޕްރިންޓަރު ކާޓްރިޖާއި ޓޯނަރުގެ އިތުރުން އާޓް އެންޑް ކްރާފްޓުގެ މަސައްކަތުގައި ބޭނުންކުރާނެ ބްރޭންޑެޑް، ކޮލެޓީ ސާމާނު ލިބޭނެ އެވެ.

ޕްރޮކިއޮ ޕްލަސް ހުންނާނީ ހެންވޭރު އަބަދަށް ފެހިމަގުގަ އެވެ.

comment ކޮމެންޓް