ޓެކްނިކަލް މައްސަލައެއް ދިމާވެ ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

ފޮޓޯ/ ބީއެމްއެލް

ޓެކްނިކަލް މައްސަލައެއް ދިމާވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި އެހެން ބައެއް ހިދުމަތްތައް ބޭނުން ކުރުމުގައި ވަނީ ދަތިތައް ދިމާވެފައެވެ.

އެ ބޭންކުން ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ބޭންކުގެ ބައެއް ހިދުމަތްތައް ބޭނުންކުރުމުގައި ދަތިތައް ދިމާވެދާނެ ކަމަށެވެ.

އަދި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަސްވެސް ބޭންކުން ބުންޏެވެ. އޭގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބޭންކުން ވަނީ މައާފަށް އެދިފައެވެ.

comment ކޮމެންޓް