ޑުރަގް މައްސަލާގައި ކޮމީޑިއަން ބާރްތީ ހައްޔަރުކޮށްފި

އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރުގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް އުފެދުނު ބޮޑު ޑުރަގް މައްސަލާގައި މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންހް 36, ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނާކޮޓިކްސް ބިއުރޯ (އެންސީބީ) އިން ވަނީ އިއްޔެގެ ވަގުތެއްގައި ބާރްތީ ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައެވެ. އަދި އެގެއިން ވަނީ 86.5 ގުރާމްގެ މަސްތުވާތަކެތި ފެނިފައެވެ. ބާރްތީ އާއެކު އޭނާގެ ފިރިމީހާ ހަރްޝް ލިމްބަޗިޔާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. ދެމީހުން ހައްޔަރުކުރި އިރު ބާރްތީ އާ ހަރްޝް ވެސް ވަނީ މަސްތުވާތަކެތި ބޭނުންކުރި ކަމަށް އެއްބަސްވެސްވެފައެވެ.

ޑުރަގު މައްސަލާގައި މީގެ ކުރިން ވެސް ބޮލީވުޑްގެ ގިނަ ތަރިންނާ ސުވާލުކޮށްފައިވާއިރު ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ވެސް ހައްޔަރުކުރިއެވެ. އެއް މަސް ދުވަސް ވަންދެން ޖަލުގައި ރިއާ ބެހެއްޓުމަށްފަހު އޭނާ ވަނީ މިހާރު ދޫކޮށްލާފައެވެ.

އެންސީބީ އިން ސުވާލުކުރި ބައެއ މަޝްހޫރު ތަރިންގެ ތެރޭގައި ބަތަލާ ދީޕިކާ ޕަދުކޯން، ޝްރައްދާ ކަޕޫރު، ސާރާ އަލީ ޚާން ، އެކްޓަރު އަރްޖުން ރާމްޕާލް އަދި ރާކުލް ޕްރީތު ފަދަ ތަރިން ހިމެނެއެވެ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު