މިއަދު ޕޮޒިޓިވްވީ 32 މީހުން

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19 އަށް ރާއްޖެއިން މިއަދު އިތުރު 32 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 1561 ސާމްޕަލްގެ ތެރެއިން 32 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 17 ދިވެހިންނާއި 15 ބިދޭސީން ހިމެނެއެވެ.

މިއަދު ފެނުނު 32 ކޭސްގެ ތެރެއިން 19 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި ބާކީ 13 ކޭސް ފެނުނީ އަތޮޅު ތަކާއި ރިސޯޓްތަކުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 12،578 އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން 11،559 މީހުން ރަނގަޅުވެފައިވާއިރި މިވަގުތު ކޮވިޑް ޖެހިފައިވާ 967 މީހުން އެބަތިއްބެވެ.

ކޮވިޑް އައިސޮލޭޝަން ފެސިލިޓީ ތަކުގައި 341 މީހުން ތިބިއިރު 82 މީހުންނަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

މިއަދު 32 މީހުން ޕޮޒިޓިވްވިއިރު އިއްޔެ 94 މީހުން ރާއްޖެއިން ޕޮޒިޓިިވްވެފައިވެއެވެ.

comment ކޮމެންޓް