ޕާކިސްތާނުގެ ދީނީ ލީޑަރު ޚާދިމް ރިޒްވީ އަވަހާރަވެއްޖެ

ޕާކިސްތާނުގެ ދީނީ ލީޑަރު ޚާދިމް ރިޒްވީ--

ޕާކިސްތާނުގެ ދީނީ ލީޑަރު ޚާދިމް ރިޒްވީ އަވަހާރަވެއްޖެއެވެ.

ތަހްރީކީ ލައްބަޔަކަ ޕާކިސްތާނުގެ (ޓީއެލްޕީ) ގެ ފައުންޑާ ޚާދިމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަމަށާއި މަރުވި ސީދާ ސަބަބު ނޭނގޭކަމަށް އެ ޕާޓީގެ ލީޑަރު ޕީރު އީޖާޒް އަޝްރަފީ ވިދާޅުވިއެވެ.

އަވަހާރަވިއިރު އޭނާގެ އުމުރުން 54 އަހަރެވެ.

ޚާދިމް ބޮޑަށް ފާހަނގަވެގެން ދިޔައީ ފްރާންސްގައި ކީރިތި ރަސޫލާއަސް ފުރައްސާރަކޮށް ކާޓޫން ކުރެހި މައްސަލައިގައި ބޭއްވި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ.

ނަމަވެސް ޕާކިސްތާނުގެ ސަރުކާރާއެކު ދެއްވި ވާހަކަތަކަށްފަހު އެ މުޒާހަރާތައް އޭނާ ފަހުން ވަނީ ހުއްޓާލައިފައެވެ.

އޭނާ ވަނީ ޕާކިސްތާނުން ފްރާންސްގެ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައި ފްރާންސްގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށްވެސް ގޮވާލައްވައިފައެވެ.

ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރާ މީހުންނަށް ދޭ އަދަބުތައް އިސްލާހު ކުރަން ޕަންޖާބުގެ ގަވަރުނަރު ސަލްމާން ތާސީރުގެ 2010 ވަނަ އަހަރު ގޮވާލެއްލުވުމަށް އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން ޚާދިމް ވަނީ އޭނާ އަދާކުރަމުންދިޔަ ސަރުކާރުގެ ވަޒީފާވެސް ދޫކޮށްލައްވައިފައެވެ.

comment ކޮމެންޓް