އޭއެފްސީ ބްރެކްޓް ޗެލެންޖް: ފައިނަލުގެ ފުރަތަމަ ޖާގަ ޗައިނާގެ ޗޭން ސިއު ކީއަށް

ޗައިނާގެ ސައުތު ޗައިނާ އޭއޭގެ ކުރީގެ ފޯވާޑް ޗޭން ސިއު ކީ --- ފޮޓޯ//ގެޓީ އިމޭޖެސް

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށްގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގެ ފުރަތަމަ ޖާގަ ޗައިނާގެ ޗޭން ސިއު ކީ 2015 ވަނަ އަހަރު ސައުތު ޗައިނާ އޭއޭއަށް ޖަހައިދިން ގޯލާ އެކު ހޮވިއްޖެ އެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

މި ޗެލެންޖުގެ ވަރުގަދަ ސެމީ ފައިނަލުގެ ކުރިމަތިލުމުގެ ވޯޓްނެގުން މިހާރު ކުރިއަށްދާ އިރު، ޗައިނާގެ ޗޭން ސިއު ކީއާއި މެލޭޝިއާގެ ސަފާވީ ރާޝިދްގެ ކުރިމަތިލުން ވަނީ ނިމިފަ އެވެ. އިންތިހާއަށް ވާދަވެރިކޮށް ދިޔަ މި ކުރިމަތިލުމުން ކުރި ހޯދި ޗޭން ސިއު ކީއަށް މިއަދު 1:00 އަށް ވޯޓުލުން ހަމަވި އިރު ލިބިފައިވަނީ 51.61 ވޯޓެވެ. އޭނާއާ ވާދަކުރި ސަފާވީ ރާޝިދަށް ލިބުނީ 48.39 އިންސައްތަ ވޯޓެވެ.

އޭރިއާގެ ވެސް ދުރުން ގޯލަށް ފޮނުވާލި ބާރު ދެ ހަމަލާއެއްގެ މި ކުރިމަތިލުމުގައި ޗޭން ސިއު ކީ ޖެހި ގޯލަކީ 2015 ވަނަ އަހަރުގެ މުބާރާތުގައި ޕަހަންގް ކޮޅަށް އޭނާ ފޮނުވާލި ގޯލެކެވެ. މެޗުގައި ޖެހި ހަމައެކަނި ގޯލަށް ވެފައި، ޗޭން ސިއު ކީގެ ގޯލަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ އިރު، މި ވޯޓުން އޭނާ ކުރި ހޯދީ 2018 ވަނަ އަހަރު މެލޭޝިއާގެ ޖޯހޮރް ދާރުލް ތާޒިމްއަށް ސަފާވީ ރާޝިދް ޖަހައިދިން ގޯލާ ވާދަކޮށްގެންނެވެ.

ސެމީގެ ދެވަނަ ކުރިމަތިލުމުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވިއެޓްނާމުގެ އެންގުއެން ކުއެންގް ހައިގެ ކުރިމަތިލުމަށް ވޯޓު ދެމުން އަންނަ އިރު، މިވަގުތަށް ކުރީގައި 52 އިންސައްތައާ އެކު ކުރީގައި އޮތީ އަޝްފާގް އެވެ. މި ދެ ކުޅުންތެރިންގެ ކުރިމަތިލުމުގެ ވޯޓުލުން ހަމަވާނީ މާދަމާ މެންދުރު 1:00 ގަ އެވެ.

comment ކޮމެންޓް