75،000 ރުފިޔާގެ އިނާމާއެކު ރެޑްވޭވް އަހަރީ ބާޒާރު ފަށައިފި

ރެޑްވޭވްގެ އަހަރީ ބާޒާރު ޕްރޮމޯޝަން ފަށާފައިވަނީ އިއްޔެ --- ފޮޓޯ : ރެޑްވޭވް

ފާއިތުވި އަހަރާ އެއްގޮތަށް އަހަރުގެ ފަހުކޮޅަށް އަމާޒުކޮށްގެން ރެޑްވޭވް އިން 75،000 ރުފިޔާގެ އިނާމާއެކު އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.

އިއްޔެއިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 25ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮމޯޝަނުގެ ދަށުން ރެޑްވޭވްގެ އައުޓްލެޓްތަކުން ވިއްކާ ތަކެތީން ބޮޑެތި ޑިސްކައުންޓުތަކެއް ލިބިގެންދާނެ ކަމަށް ރެޑްވޭވް އިން ބުނެއެވެ. އެ ޕްރޮމޯޝަންގެ ދަށުން ގިނަ އަދަދެއްގެ މީހުންނަށް ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް ރެޑްވޭވް އިން ބުނެއެވެ.

ރެޑްވޭވްގެ އަހަރީ ޕްރޮމޯޝަންގެ ބޮޑު އިނާމުގައި ބައިވެރިވުމަށްޓަކައި 300 ރުފިޔާއިން މަތީން ވިޔަފާރި ކުރަން ޖެހޭނެއެވެ. އެގޮތުން 300 ރުފިޔާއިން މަތީ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި އެއްވަނައަށް ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް ކަމަށް ރެޑްވޭވް އިން ބުނެއެވެ.

އޭގެއިތުރުން ގުރުއަތުން ހޮވޭ 10 ފަރާތަކަށް 5،000 ރުފިޔާ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް ރެޑްވޭވް އިން ވަނީ ބުނެފައެވެ.

އަހަރީ ބާޒާރުގެ ތެރެއިން ޝާޕް ބްރޭންޑްގެ އޭސީ އާއި އޭސީ އިންސްޓޮލޭޝަނަށް ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށްވެސް ރެޑްވޭވް އިން ބުނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އާއި އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ރެޑްވޭވް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް