ރަކުލް ޕްރީތް ވެސް ޗުއްޓީއަށް ރާއްޖެއަށް

ބަތަލާ ރަކުލް ޕްރީތު

މިދުވަސްވަރަކީ ބޮލީވުޑްގެ ގިނަ ފަންނާނުންނެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ދުވަސްވަރެކެވެ.

ރާއްޖެ ލޮކްޑައުންކޮށްފައި އޮތުމަށް ފަހު ރާއްޖެ ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ތަރިންނެއް ވަނީ ރާއްޖެ އައިސް ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލާފަ އެވެ. ބަތަލާތާރާ ސުތައިރާ، ޓައިގާ ޝްރޮފް އަދި ދިޝާ ޕާޓްނީ ވެސް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު މިފަހަރު ރާއްެޖެ މިއައީ ރަކުލް ޕްރީތެވެ.

ބަތަލާ ރަކުލް ރާއްޖެ އައީ އޭނާގެ އާއިލާއާއެކު މިދިޔަ ބުރާސްފަތި ދުވަހު އެވެ. ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް އެންޑް ވިލާގައި ރަކުލް އާ އޭނާގެ އާއިލާޗުއްޓީ ހޭދަކުރަމުންދާއިރު އޭނާވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގެ އިތުރުން ފޭސްބުކްގައި ހިއްސާކޮށްފަ އެވެ.

ދެހާސް ސާދައިގައި ފިލްމު "ޔާރިޔާން" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ރަކުލް އެންމެ ފަހުން ފެނިގެންދިޔައީ ތާރާ އާއި ސިދާތު މަލްހަތްރާއާ އެކު ފިލްމު‘މަރްޖާވާން’ އިންނެވެ.

comment ކޮމެންޓް