ކާށީދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލައިފި

ކ. ކާށިދޫ: އެރަށު ޕޮލިސް ސްޓޭޝަންގައި ހައްޔަރުގައި ހުރި މީހަކު ވަނީ ފިލައިފައި -- ސަން ފައިލް ފޮޓޯ

ކާށީދޫ ޕޮލިސް ސްޓޭޝަންގައި ހައްޔައްރުކޮށްފައި ހުރި މީހަކު ފިލައިފި އެވެ.

ރެއިން ފެށިގެން ގެއްލިގެން ހޯދަމުން ދަނީ، އުމުރުން 32 އަހަރުގެ އަލީ ހުސައިން އަލުންތިލަ/ކ. ކާށިދޫ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ފިލިކަމަށް ފުލުހުންނަށް އެނގުނީ ރޭ 11:32 ގައެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ އަލީ ހުސައިން ހައްޔަރުކޮށްފައި ހުއްޓާ ފިލުމުން މިހާރު އޭނާ ހޯދަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.

"އަލީ ހުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ކާށިދޫ ޕޮލިސް ސްޓޭޝަންގެ ނަންމަބަރު 9791519 އަށް ގުޅުއްވައި ހިއްސާ ކުރެެއްވުން އެދެން،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް