އޮސްޓްރޭލިއާގެ ސިފައިން އަފްގާނިސްތާނުގެ އާންމުން މަރާފައިވޭ: ރިޕޯޓް

އަފްގާނިސްތާނުގައި ހަރަކާތްތެރިވި ސިފައިންތަކެއް

އަފްގާނިސްތާނުގައި ހަރަކާތްތެރިވި އޮސްޓްރޭލިއާގެ ސިފައިން އެގައުމުގެ އާންމުންމެރިކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

އޮސްޓްރޭލިއާގެ ޑިފެންސް ފޯސްއިން ނެރުނު ރިޕޯޓްގައި ބުނީ ސިފައިން އާންމުން މެރިކަމުގެ ހެކި ތަހުގީގްތަކުން ހާމަވެފައިވާ ކަމަށެވެ.

އެގޮތުން 2013 އާއި 2019 އާ ދެމެދު އާންމުންނާއި، ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާއި، ދަނޑުވެރިން މަރާފައިވާ ކަމަށާއި އެ މައްސަަލައިގައި 19 ސިފައިންގެ މައްސަލަ ބަަލަން ޖެހޭ ކަމަށެވެ.

މޭޖާ ޖެނެރަލް ޖަސްޓިސް ޕޯލް ބްރެންޓަން ކުރެއްވި ތަހުގީގްތަކުގައި އެފަދަ މަންޒަރުތައް ދުށް 400 އެއްްހާ މީހުންގެ ބަޔާން ނަގައިފައިވެ އެވެ.

މީހުން މެރުމަށްފަހު އެމީހުންގެ ހަށިގަނޑުތަކުގެ ކައިރީގައި ހަތިޔާރުތައް ބަހައްޓާފައިވާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ މައްސަލަތައް އެންމެ ފުރަތަމަ ދިރާސާކުރަން އުޅުއްވި ސަމަންތާ ކްރޮމްޕްވޮއެޓްސް ވިދާޅުވީ މީހުން މަރާފައިވަނީ ގަސްދުގައި ކަމަށާއި އަދި އެކަން ތަކުރާރުކޮށް ކޮށްފައިވާ ކަމަށެވެ.

އަފްގާނިސްތާނުގައި ކުރިން ވެރިކަން ކުރި ތަލިބާނުންގެ ވެރިކަން ވައްޓާލަން އެމެރިކާއިން އިސްވެ އޮވެ އެކުލަވާލި ކޯލިޝަންގެ ތެރޭގައި އޮސްޓްރޭލިއާގެ ސިފައިންވެސް އަފްގާނިސްތާނަށް ދިޔަ އެވެ. އޮސްޓްރޭލިއާގެ ސިފައިން އެންމެ ފުރަތަމަ އުޅުނޫ އަފްގާނިސްތާނުގެ ސިފައިން ތަމްރީން ކުރާށެވެ. ނަމަވެސް ފަހުން އަފްގާނިސްތާނުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އޮސްޓްރޭލިއާގެ ސިފައިންވެސް ހަނގުރާމަ ކުރަން ޖެހުނެވެ.-- ބީބީސީ--

comment ކޮމެންޓް