ސެނަހިޔާއިން ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުން ދެމުން އަންނަ ލެބޯޓްރީ ހިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެ ހިދުމަތްތައް ތައާރަފުކުރުމަށް މިއަދު ސެނަހިޔަގައި މިލިޓަރީ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއާޕާސަން ފާތިމަތު ފިރާޝާއެވެ.

ލެބޯޓްރީއިން ދެމުގެން އަންނަ ހިދުމަތްތައް އިތުރުކޮށް ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ސެނަހިޔާއިން މުޅިން އަލަށް ދޭންފެށި ހިދުމަތެކެވެ.

އޭގެ އިތުރުން ލެބޯޓްރީއަށް ގެނެސްފައިވާ ބަދަލުތަކާއެކު ލޭގެ ސާމްޕަލު ނެގުމަށް ހަތަރު ސްޓޭޝަނެއް ގާއިމުކޮށްފައިވާއިރު، އޭގެތެރޭގައި ތުއްތު ކުދިންގެ ލޭގެ ސާމްޕަލް ނެގުމަށް ހާއްސަ ސްޓޭޝަނެއް ހިމެނެއެވެ.

އެ ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ހިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ހޮދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުން ދެމުންއަންނަ ލެބޯޓްރީ ހިދުމަތް ތަރައްގީކުރުމަށްފަހު ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެންޑީއެފްއިން ކޮންމެ ހަފުތާއަކު ނެރޭ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑެއް ސެނަހިޔަ އޯޕީޑީ ސަރަހައްދުގައި ވަނީ ހުޅުވާފައެވެ.

comment ކޮމެންޓް