އިކޮނޮމިކް އަދި ޔޫތު މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓާ އެކުގައި މަސައްކަތްތަކެއް ކުރުމަށް އެމް.އޯ.ޔޫ އެއްްގައި ސޮއިކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ//ޔޫތް މިނިސްޓްރީ

ސްޓެރެޓެޖިކް އެކްޝަން ޕްލޭން 2019-2023ގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ސްޓްރެޓެޖީތަކާއި އަދި އެކްޝަންތައް ތަންފީޒުކުރުމަށް ޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓާ އެކުގައި މަސައްކަތްތަކެއް ކުރުމަށް އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަޙްމަދު މަޙްލޫފް އެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޟް އިސްމާޢީލްއެވެ.

އެ އެމްއޯޔޫގެ ދަށުން ކުރެވޭ މަސައްކަތްތައް ކުރުމަށްޓަކައި ދެ މިނިސްޓްރީ ޝާމިލްވާ ގޮތަށް ކޮމިޓީއެއް އެކުލަވާލެވިގެން މަސައްކަތްތަކެއް ހިންގޭނެ އެވެ.

އެގޮތުން ހިންގޭ މަސައްކަތްތަކުގެ ތެރޭގައި؛

  • އަތޮޅުތަކާއި އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ޖެހޭ މައްސަލަތައް ދިރާސާކޮށް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ރޭވޭނެ ހަރަކާތްތައް ދެނެގަތުން
  • ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ގުޅޭ މައްސަލަތަކަށް ހައްލު ގެނައުމަށް އެކްޝަން އޮނިގަނޑެއް އެކުލަވާލުން
  • ވަޒީފާ އަދާކުރުމާއި ވިޔަފާރިކުރުން ޒުވާނުންގެ މެދުގައި ކުރިއެރުވުން
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ގުޅިގެން ޖޮބް ސެންޓަރުތަކުގެ ޚިދުމަތް ވަލްނަރެބަލް ޒުވާން އަންހެނުންނަށާއި ފިރިހެނުންނަށް ފޯރުކޮށްދިނުމަށް ފުޅާކުރުން
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކެރިއާ ޕޯޓަލްއަށް އެޓް ރިސްކް ޒުވާނުން ހިމެނުމަށް ކޯޑިނޭޓްކުރުން
  • ޔޫތު ސެންޓަރުތައް ރިޕަރޕަސްކޮށް އިނޮވޭޓިވް ލެބްތަކެއް ގާއިމްކޮށް ޒުވާނުން އިކޮނޮމިކަލީ އެމްޕަވާ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުން

ކުޅިވަރާ ބެހޭ ވުޒާރާގައި އޮތް އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، ޒުވާނުންގެ ހިއްސާ ހުރިހާކަމެއްގައި ޝާމިލްވާ އިރު، އިކޮނޮމިކް މިނިސްޓްރީ އަކީ ވެސް ޒުވާނުންނާ ބެހޭ ގިނަ ކަންތައްތަކެއް ކުރެވިދާނެ، އަދި ކުރަމުން އަންނަ މިނިސްޓްރީއެއް ކަމަށެވެ. އަދި އެގޮތުން ޒުވާނުންނަށް ވަޒީފާތައް ހޯދައިދިނުމާއި، ލޯންތައް ފަދަ ކަންކަން އިތުރު ކުރުމަށް އެ މިނިސްޓްރީއާ އެކު މަސައްކަތް ކުރާއިރު، ދެ މިނިސްޓްރީގެ އިމުން ބޭރުނުވެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި ފައްޔާޟް ވިދާޅުވީ، އެ މިނިސްޓްރީ ހާއްސަވެފައި ވަނީ މުޅި އިގްތިސާދަށް ކަމަށާއި އެހެން ކަމުން ޒުވާނުންނާ ގުޅޭ ހާއްސަކަމެއް ކުރެވޭނީ އެކަމަށް ހާއްސަ މިނިސްޓްރީގެ މައުލޫމާތު ލިބިގެންކަމަށެވެ. އަދި މި އެމްއޯޔޫގެ ސަބަބުން ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ކަންކަން ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ފައްޔާޟް ވިދާޅުވި އެވެ.

comment ކޮމެންޓް