ނިއު ޒީލެންޑުގެ ފުލުހުންގެ ޔުނިފޯމުގައި ބުރުގާ ހިމަނައިފި

ނިއު ޒީލެންޑުގެ ފުލުހުންގެ ޔުނިފޯމާއެކު އެންމެ ފުރަތަމަ ފަހަރަށް ބުރުގާ އަޅާނީ ކޮންސްޓެބުލް ޒީނާ އަލީ -- ފޮޓޯ: ނިއުޒިލެންޑް ޕޮލިސް

ވެލިންޓަން (ނޮވެމްބަރު 18): ނިއު ޒީލެންޑުގައި މުސްލިމް އަންހެން ފުލުހުންގެ އަދަދު އިތުރު ކުރުމަށްޓަކައި އެގައުމުގެ ފުލުހުންގެ ރަސްމީ ޔުނިފޯމުގައި ބުރުގާ ހިމަނައިފި އެވެ.

ނިއު ޒީލެންޑުގެ ފުލުހުންގެ ޔުނިފޯމާ އެކު ފުރަތަމަ ފަހަރަށް ބުރުގާ އަޅާނީ އަލަށް ފުލުހުންގެ ވަޒީފާއާ ގުޅުނު ކޮންސްޓެބުލް ޒީނާ އަލީ އެވެ. ކޮންސްޓެބުލް އަލީ ބުނި ގޮތުގައި އޭނާ ފުލުހަކަށް ވާން ނިންމީ މިދިޔަ އަހަރު ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ބަޑި ހިފައިގެން ހުރި މީހަކު ދިން ހަމަލާތަކާ ގުޅިގެންނެވެ.

"އަޅުގަނޑު ހިތަށް އެރީ މީހުންނަށް އެހީތެރިވާން ފުލުހުންގެ ތެރޭގައި އިތުރު މުސްލިމް އަންހެނުން އެބަ ބޭނުންވެއޭ. ނިއު ޒީލެންޑް ޕޮލިސް ބުރުގާ، އަޅުގަނޑުގެ ޔުނިފޯމްގެ ބައެއްގެ ގޮތުގައި ދައްކަން ވަރަށް އުފާވޭ. އަދި ބުރުގާ ފެނުމުން އިތުރު މުސްލިމު އަންހެނުން ފުލުހުންގެ ވަޒީފާއާ ގުޅެން ބޭނުން ވާނެހެން އަޅުގަނޑަށް ހީވަނީ،" ޒީނާ ބުންޏެވެ.

ނިއު ޒީލެންޑުގެ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެގައުމުން ފުލުހުންގެ ޔުނިފޯމާ ގުޅޭ ބުރުގާއެއް ހެދުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އަދި އެއީ ފުލުހުންގެ މުވައްޒަފުންތަކެއް އެގައުމުގެ ސްކޫލުތަކަށް ޒިޔާރަތް ކުރުމަށް ފަހު ދިން ހިޔާލެކެވެ.

ނިއު ޒީލެންޑުގެ އިތުރުން ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިސް އާއި ޕޮލިސް ސްކޮޓްލޭންޑުން އޮންނަނީ ޔުނިފޯމާއެކު ބުރުގާ އެޅުން ހުއްދަކޮށްފަ އެވެ.

comment ކޮމެންޓް