ތައިލެންޑް މުޒާހަރާތައް: ޕާލަމަންޓަށް ވަންނަން އުޅުނު 18 މީހަކު ޒަހަމްވެއްޖެ

ތައިލެންޑްގައި މުޒާހަރާކުރާ މީހުންގެ ގަޔަށް ފެން ޖަހަނީ--

ތައިލެންޑްގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ 18 މީހަކު ޒަހަމްވެއްޖެ އެވެ.

ތައިލެންޑްގައި މުޒާހަރާތައް ހޫނުވީ މުޒާހަރާކުރާ މީހުން ޕާލެމަންޓަށް ވަންނަން އުޅުމުން ފުލުހުން ވޯޓާ ކެނޮންތަކާއި ކަރުނަ ގޭސް ބޭނުންކުރުމުގެ ސަބަބުންނެނެވެ.

މިއީ ޖުލައި މަހު މުޒާހަރާތައް ފެށިފަހުން އެ މުޒާހަރާތައް މިހާ ބޮޑަށް ހޫނުވި ފުރަތަމަ ފަހަރެވެެ.

އަނިޔާވި މީހުން ފަހުން ވަނީ ތައިލެންޑްގެ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ފުލުހުންގެ ޑެޕިއުޓީ ހެޑް ވިދާޅުވީ މުޒާހަރާކުރި މީހުންނާ ދެކޮޅަށް ފެނާއި ކަރުނަ ގޭސް ބޭނުންކުރަން ޖެހުނީ ބެރިކޭޑްތައް ފަޅާލައިފައި ޕާލަމަންޓަށް ވަންނަން ދިމާކުރުމުން ކަމަށެވެ.

އެވުގުތު ޕާލަމަންޓުގައި ދިޔައީ ގަނޫނު އަސާސީއަށް ބަދަލު ގެނައުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންނެވެ.

ތައިލެންގައި މުޒާހަރާކުރާ މީހުން ބޭނުންވަނީ އެގައުމުގެ ރަސްގެފާނު މަހާ ވިޖަރުލޮންގްކޯންގެ ބާރުތައް ހަނިކޮށް އަދި ބޮޑުވަޒީރު ޕްރަޔުތު ޗެން އޯޗާ މަގާމުން ދުރުކުރާށެވެެ. -- ރޮއިޓާސް

comment ކޮމެންޓް