އިންޑިއަން އައިޑަލް 12 މި މަހު ދައްކަން ފަށަނީ

އިންޑިއަން އައިޑަލްގެ ޖަޖުން---

ކޮރޯނާވައިރަހުގެ ސަބަބުން ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދޭ އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަންގެ އޮޑިޝަންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔައިރު އެ ސީޒަން ރަސްމީކޮށް މި މަހު ފަށާގޮތަށް ނިންމައިފިއެވެ.

މި މަހު 28 ވަނަ ދުވަހުގެ ރޭ ދައްކަން ފަށާއިރު ފުރަތަމަ ދައްކާނީ އައިޑަލްގެ އޮޑިޝަންތަކެވެ. އައިޑަލްގެ ޕްރޮމޯޝަނަލް މަސައްކަތްތައް ވެސް މިހާރު ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު ސޮނީ ޗެނަލުން ކުރިއަށް ގެންދާ ޝޯ "އިންޑިއާސް ބެސްޓް ޑާންސާ"ގައި އައިޑަލްގެ ޖަޖުން ވަނީ މި ހަފްތާގައި ބައިވެރިވެސް ވެފައެވެ.

މި ފަހަރު ޝޯގެ ޖަޖުންނަކީ ވިޝާލް ދަދްލާނީ، ނެހާ ކައްކަރުގެ އިތުރުން ހިމޭޝް ރޭޝަމިޔާ އެވެ. އައިޑަލްގެ އެޕިސޯޑުތައް ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ދައްކާނީ ރާއްޖެ ގަޑިން 7:30 ގައެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އިންޑިއަން އައިޑަލް ގެ 11 ސީޒަން ކާމިޔާބުކަމާއެކީ ނިންމާލެވިފައިވާއިރު 11 ވަނަ ސީޒަންގެ ޓްރޮފީ އުފުލާލީ ސަނީ ހިންދުސްތާނީއެވެ.

comment ކޮމެންޓް