އިގްޔާންގެ "މާ ލިލީ" ވަރަށް ތަފާތު

މާ ލިލީ މިފަހަރު އިވިގެންދިޔައީ އިގްޔާން ގެ ހިތްގައިމު އަޑުން---

މަޝްހޫރު ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާގެ އަޑުން "މާ ލިލީ" މީގެ ކުރިން ދިވެހިންނަށް އިވިގެން ދިޔައިރު މިފަހަރު މިއޮތީ އެ ލަވައިގެ މުޅިން އާ ރެންޑިޝަންއެކެވެ.

މޯލްޑިވިއަން އައިޑަލް ސީޒަންގެ އެކެއްގައި ބައިވެރިވި ލަވަކިޔުންތެރިޔާ އިގްޔާން ރަފީގުގެ އަޑުން އިވިގެންދާ "މާ ލިލީ"އެވެ. މި ލަވަ މިހާރު ރިލީޒްކޮށްފައިވާއިރު މި ވާޝަނަށްވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިއުޒީޝަން މިރާހުގެ އަމިއްލަ ލޭބަލް "ޑިޖިޓަލް ފްލޮކް" އިން ޕްރޮޑިއުސްކުރި ލަވައިގެ އެންމެ ހާއްސަ އެއްކަމަކީ ކޮއީރްގައި މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވުމުންނެވެ.

މިރާހު ބުނީ ކޮއީރްގައި ޖުމްލަ 35 އާޓިސްޓުން ބައިވެރިވި ކަމަށާއި މި ލަވަ އުފެއްދުމުގައި ވީހާވެސް ގިނަ މިއުޒީޝަނުން ބައިވެރިކުރުމަށް ހާއްސަ ސަމާލުކަމެއްދިން ކަމަށެވެ.

"ގިނަ މިއުޒީޝަނުން ބައިވެރިކުރަން މަސައްކަތްކުރިން. އެއީ މި ލަވައަކީ ޒާރާއަށް ދޭ ކުޑަ ޓްރިބިއުޓަކަށް ވާތީ. އަދި މިއުޒިކް ކޮމިއުނިޓީގައި އޮތް އެކުވެރިކަން ދައްކައިދޭން ބޭނުންވި،" މިރާހު ބުންޏެވެ.

އިގްޔާންގެ ހިތްގައިމު އަޑުން އިވިގެންދިޔަ "މާ ލިލީ"ގެ ކޮއީރްގައި ބައިވެރިވި ބައެއް ފަންނާނުންގެ ތެރޭގައި ފައްފު، އިންޝާ، މީރާ، ޒަކިއްޓެ އަދި ޝަލަބީ ފަދަ ތަރިން ހިމެނެ އެވެ.

comment ކޮމެންޓް