25 ޕްރީސްކޫލަކަށާއި 23 ގުރުއާން ކުލާހަކަށް ޒަކާތު ފަންޑުން އެހީ ދީފި

13 ޖެނުއަރީ 2016: ދޮންދޫނި ޕްރީ ސްކޫލް --- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކޮވިޑް19ގެ ސަބަބުން ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތަކަށް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީވުމަށް ޒަކާތު ފަންޑުން ކަނޑައެޅި ފައިސާ ހަވާލުކޮށްފިއެވެ.

ގުުރުއާން ކްލާސްތަކާއި ޕްރީސްކޫލުތަކަށް މާލީ އެހީދިނުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ގުރުއާން ކުލާހަކަށް ހަވާލުކޮށްފައިވާ ކަމަށެވެ.

ޒަކާތު ފަންޑުން ކަނޑައެޅި 1.5 މިލިއަން ރުފިޔާގެ ތެރެއިން ގުރުއާން ކްލާސްތަކަށް ދީފައި ވަނީ ޖުމްލަ ފަސް ލައްކަ ރުފިޔާއެވެ. އަދި ޕްރީ ސްކޫލުތަކަށް ޖުމްލަ އެއް މިލިއަން ރުފިޔާ ވަނީ ދީފައެވެ.

އެހީގެ ފައިސާ ދީފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ގުރުއާން ކްލާސްތަކަށާއި، އަމިއްލަ ޕްރީ ސްކޫލުތައް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށެވެ.

އެގޮތުން ފައިދާ ދީފައި ވަނީ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ތަންތަނަށެވެ.

comment ކޮމެންޓް