ކުއްޖަކަށް އަނިޔާކުރާކަން ޓްވިޓާގައި ފަޅާއަރުވާލުމުން މައްސަލަ ބަލަނީ

ގދ. ތިނަދޫ. -- (ފޮޓޯ/އަހުމަދު ނިހާން)

ގދ ތިނަދޫގައި އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރާ މައްސަލަ ފެންމަތިވެެއްޖެއެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް ރޭ ތިނަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.އަދި އެ މައްސަލަ ބަލަމުންދާ ކަމަށައި އަނިޔާ ލިބެމުންދާ ފަރާތުގެ ރައްކާތެރިަކން ޖެންޑާ މިނިސްޓްރީ އިން ކަށަވަރުކޮށްދޭ ކަމަށެވެ.

ތިނަދޫގައި ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރާ ކަމަށާޢި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށް ރޭ ސޯޝަލް މީޑިއާގައި ޒުވާނަކު ބުނެފައިވެއެވެ.

އެ ކުއްޖާގެ އަވައްޓެރިންނާ ހަވާލާދީ އޭނާ ބުނީ ކުއްޖާއަށް އަނިޔާ ލިބޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި މީގެ ކުރިން އެއްވެސް މީހަކު އެ މައްސަލަ ރިޕޯޓުކޮށްފައިވެސް ނުވާ ކަމަށެވެ.

އަވައްޓެރިންނާ ހަވަލާދީ އެ ޒުވާނާ ބުނެފައިވާގޮތުގައި އެ ކުއްޖާގެ މައިންބަފައިން ކުއްޖާ ލައްވާ ގޭތެރޭގެ މަސައްކަތްތައް ކުރުވާ، އަދި އެ ކުއްޖާގެ ހަގަށް ތިބޭ ދެ ކޮއްކޮއިންގެ ކަންތައްވެސް ކުރުވައެވެ. އެމައްސަލައިގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރި ޒުވާނާ ބުނީ ކުއްޖާގެ ހަޅޭކުގެ އަޑު އިވޭ ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން ޖެންޑާ މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީ އިން އެ މައްސަލައަށް އެޓެންޑުވާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް