އެއާޕޯޓު ކާގޯ ޑިޕާޓުމެންޓުގް 22 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ ބޮޑު ކްލަސްޓާއެއް ހެދިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކާގޯ ޑިޕާޓުމެންޓުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން މިމަހުގެެ 12 ވަނަ ދުވަހު ފަސް މީހަކު، 13 ވަނަ ދުވަހު ހަ މީހަކު، 14 ވަނަ ދުވަހު ހަތް މީހަކު އަދި 15 ވަނަ ދުވަހު ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް 27 މީހަކު ފާހަގަވެ ކަރަންޓީނު ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި ކްލަސްޓާ އާއި ގުޅިގެން މިއަދު 136 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ.
މީގެެ ކުރިން އެއާޕޯޓުގައި މަސައްކަތްކުރާ ކުންފުންޏެއްގެ މުވަައްޒަފުންތަކެއްވެސް ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި މިހާތަނަށް 12،204 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.