އެމްޓީސީސީ އިން އެކްސްޓްރާ އޯޑިނަރީ އޭޖީއެމް ބާއްވައިފި

އެމްޓީސީސީގެ އެކްސްޓްރާ އޯޑިނަރީ އޭޖީއެމްގެ ތެރެއިންް -- ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2020 ވަނަ އަހަރުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ ބާއްވައިފިއެވެ.

ފަމިހިވޯޓު މެދުވެރިކޮށް ބޭއްވި އެ ޖަލްސާގައި 14 ހިއްސާދާރުން އަދި ޕްރޮކްސީ މެދުވެރިކޮށް 269 ހިއްސާދާރުން ތަމްސީލުކޮށް، މުޅިއެކު 283 ހިއްސާދާރުން ބައިވެރިވެފައި ވެއެވެ. އެއީ 217,577,5 ހިއްސާއެވެ.

ކުންފުނީގެ ހިންގާ ގަވައިދުގެ 63 ވަނަ މާއްދާގައި ބުނާގޮތުން ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބުކުރަން ޖެހެއެވެ.

މި ދެ ޑިރެކްޓަރުންގެ ތެރެއިން އެއް ޑިރެކްޓަރަކު، 27 ސެޕްޓެމްބަރ
2020 ވަނަ ދުވަހު ބޭއްވި 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އިންތިހާބު ކޮށްފައިވާއިރު ހުސްވެފައިވާ އެއް ގޮނޑިއަށް
އިތުރު ޑިރެކްޓަރަކު އިންތިހާބު ކުރުމަށް އެކްސްޓްރާ އޯޑިނަރީ އޭޭޖީއެމްއެއް ބާއްވަން ޖެހެއެވެ.

މިއަދު ބޭއްވި ހާއްސަގޮތުން ކުރާ އާންމު ޖަލްސާގައި، އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމުގެ މަގާމަށް
މުހައްމަދު އިމްރާން އަދުނާން، މ. މެއިންޒް ވަނީ އިންތިހާބު ކޮށްފައެވެ.

މިއާއެކު އެމްޓީސީސީގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާނެ ޑިރެކްޓަރުންނަކީ ސަރުކާރުގެ ފަރާތުން ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި މުހައްމަދު ފަރީދު އެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރާނީ މުހައްމަދު އިމްރާނުގެ އިތުރުން ނަސްރަތު މުހައްމަދު އެވެ.

comment ކޮމެންޓް