ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ލާމު ލިންކް ރޯޑުގެ ސަރަހައްދެއް -- ފޮޓޯ/ ތޮއްޓޭ ފޮޓޯގްރަފީ

އޮކްޓޫބަރު މަހު 29ވަނަ ދުވަހު ލ. ގަމުގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.

ގަމު ކައުންސިލް މެމްބަރު އިބްރާހިމް އައުރާފް "ސަން"އަށް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގާފައިވަނީ ލ. ގަން މުކުރިމަގު އަވަށުން ތުނޑީ އަވަށަށް ލިންކްރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ޖެހިގެން ކަމަށެވެ.

"އެކްސިޑެންޓްވި ގަޑީގައި ވެސް އެކިތަންތަނުން ބިންދައިގެން ގޮސްފައި ހުރީ. ދެން ވަގުތުން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނީ. އަދި ޖެހިގެން އައި ދުވަހު އެމަޖެންސީކޮށް މާލެ ގެނައީ." އައުރާފް ވިދާޅުވި އެވެ.

ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސައިކަލު ދުއްވަން ހުރި މުކުރިމަގު އަވަށަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނަކަށެވެ.

އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުމުން ގަން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޭރު ފުލުުހުން ބުންޏެވެ. އަދި އޭނާ މަރުވެފައިވަނީ މާލެއަށް ގެނެސް އިތުރު ފަރުވާ ދެމުންދަނިކޮށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ މަރުވެފައިވަނީ މާލެއަށް ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންދަނިކޮށެވެ.

comment ކޮމެންޓް