އޭއެފްސީ ބްރެކެޓް ޗެލެންޖް: ކުއާޓާގައި އަޝްފާގަށް އުނދަގޫ ވާދަވެރިއެއް

އޭއެފްސީން ކުރިއަށް ގެންދާ ބްރެކެޓް ޗެލްންޖުގެ ކުއާޓާ ފައިނަލުގެ ކުރިމަތިލުން ---

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވިއެޓްނާމުގެ ންގުޔެން ވެން ކުއެޓްގެ ކުރިމަތިލުމަކަށް ގޮސްފި އެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

މި ޗެލެންޖުގެ ކުއާރޓާ ފައިނަލުގެ ކުރިމަތިލުމުގެ ވޯޓްނެގުން މިހާރު އެކި ކުޅިންތެރިންނަށް ކުރިއަށްދާ އިރު، ދަގަނޑޭއާ ވާދަކުރަމުން ދަނީ ހަނޯއީ އެފްސީއަށް 2017 ވަނަ އަހަރު ކުއެޓް ޖެހި ސިޒާ ކިކް ގޯލެވެ. މީގެ ކުރިން ގުްރޫޕް ސްޓޭޖާއި ގަދަ 16 ގައި ވެސް ބޮޑު ތާއީދަކާ އެކު އަޝްފާގު ވަނީ ކާމިޔާބީ ހޯދައިފަ އެވެ.

މި ގޯލަކީ ނިއުރޭޑިއަންޓާއި އިންޑޮނޭޝިއާގެ ޕާސިބޯ ބައްދަލު ކުރި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލެކެވެ. މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ އެ ބޯޅަ ގޯލަށް ވައްދާލީ "ޗިޕަކުން"ނެވެ. މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ ބޮޑު ތާއީދަކާ އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދައިފަ އެވެ.

އެހެން ބުރުތަކާ ޙިލާފަށް މިފަހަރުގެ ބުރަކީ އަޝްފާގަށް ކާމިޔާބު ކުރަން އުނދަގޫ ބުރަކަށް ވަނީ ވެފަ އެވެ. ވޯޓުލުން ހުޅުވާލިތާ ދެ ގަޑިއިރު ތެރޭ އެންގުއެން ވެން ކުއެޓް ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ. މިހާރު އޮތް ގޮތުން އަޝްފާގަށް ލިބެނީ ވޯޓުލީ މީހުންގެ އިންސައްތައިގެ 10.5 އިންސައްތަ އެވެ. ންގުޔެން ވެން ކުއެޓް މިހާރު އޮތީ 89.5 އިންސައްތައާއެކު ކުރީގަ އެވެ.

މި ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

ނޮވެމްބަރު 16 ގެ 06:00 ޖެހުމާއި ހަމައަށް މި ގޯލުތަކަށް ވޯޓުދޭން އޭއެފްސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް