އެރިޒޯނާއިންވެސް ބައިޑެން ކުރީގައި

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ޖޯ ބައިޑެން -- ފޮޓޯ: އޭއެފްޕީ

އެެމެރިކާގެ ރިޔާސީ އިންތިހާބްގައި އެރިޒޯނާ ސްޓޭޓުވެސް ޑިމޮކެރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ކާމިޔާބުކުރާނެކަމަސް ބެލެެވެން ފަށައިފިއެވެ.

އެއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ދެން އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ޖޯ ކުރީގައި އުޅުއްވި ނަމަވެސް ޓްރަމްޕް ދަނީ ނަތީޖާ ގަބޫލްކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.

ބައިޑެން އެރިޒޯނާ ކާމިޔާބުކުރައްވާނެކަމަށް މިހާރު ގާތް ގަނޑަކަށް ކަށަވަރުވެފައިވާއިރު ފާއިތުވި 70 އަހަރު އެެ ސްޓޭޓްއަކީ ރިޕަބްލިކަން ޕާޓީން ކާމިޔާބުކޮށްފައިވާ ސްޓޭޓެކެވެ. ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް އެ ސްޓޭޓް އެންމެ ފަހުން ކާމިޔާބު ކުރެެއްވުނީ އެމެރިކާގެ ކުރީގެ ރައީސް އަދި ޑިމޮކްރެޓިކް ކެންޑިޑޭޓް ހެރީ ޓްރޫމަން ވާދަކުރެއްވި އަހަރުއެވެ. އެއީ 1948 ވަނަ އަަހަރު އިންތިހާބްގައެވެ.

ސީއެންއެންއިން ބުނީ ބައިޑެންއަށް އެރިޒޯނާގެ ވޯޓުތައް ގިނަވީ އެ ސަރަހައްދުގައި ވޯޓުލާ ލެޓީނޯ ދަރިކޮޅު މީހުން އިތުރުވުމާއި، ކެލިފޯނިއާ އަދި އިލިިނޮއި ފަދަ ލިބަރަަލް ސްޓޭޓްތަކުގެ މީހުން އެރިޒޯނާއަށް ހިޖުރަކުރާލެއް އިތުރުވުން ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން 270 ވޯޓު ބޭނުންވާއިރު ބައިޑެން މިހާރުވެސް ވަނީ 290 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިފައެވެ. އޭގެ ތެރޭގައި އެރިޒޯނާ ސްޓޭޓްގައި 11 އިލެކްޓޯރަލް ވޯޓު ހިމެނެއެވެ.

ޓްރަމްޕަށް މިހާތަަނަށް ކާމިޔާބުކުރެވިފައިވަނީ 217 އިލެކްޓޯރަލް ވޯޓެވެ.

comment ކޮމެންޓް