ސަލާހު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މުހައްމަދު ސަލާހް -- ޖޭމީ ސުމިތު

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ސަލާހު ކޮވިޑަށް ޕޮޒިޓްވްވެފައި ވަނީ އިންޓަނޭޝަނަލް ޑިއުޓީގައި ހުއްޓައެވެ. ވައިރަހަށް ޕޮޒިޓިވް ނަމަވެސް ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ހަބަރުތައް ބުނެއެވެ.

ސަލާހް ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް މިސްރު ޓީމުގެ އެހެން އެއްވެސް ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ކޮވިޑް ޖެހުމާ ގުޅިގެން ސަލާހް ސެލްފް އައިސޮލޭޓްވެފައި ވާއިރު، ލިވަޕޫލްގެ ކުރިއަށް އޮތް ދެ މެޗު އޭނާއަށް ގެއްލުން އެކަށީގެންވެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ލިވަޕޫލް ބައްދަލުކުރާނީ ލެސްޓާ އާއެވެ. އަދި ނޮވެމްބަރު މަގުގެ 25 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ނުކުންނާނީ އެޓްލާންޓާ އާ ދެކޮޅަށެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ލިވަޕޫލް ކުޅުނު އަށް މެޗުގައި ވެސް ސަލާހު ފަށާފައިވާއިރު، އޭނާ ވަނީ ސީޒަނުގައި އަށް ގޯލް ޖަހައިފައެވެ.

comment ކޮމެންޓް