ތިމަރަފުށީގައި ފާރެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ތ. ތިމަރަފުށި: އެ ރަށުގައި ފާރެއް ވެއްޓި މީހެއްގެ ބޮަލަށް ވަނީ އަނިޔާވެފައި --

ތ. ތިމަރަފުށީގައި ފާރެއް މަރާމާތު ކުރަން އުޅުމުގެ ތެރޭގައި އެ މަސައްކަތުގައި އުޅުނު މީހެއްގެ ގަޔަށް ފާރު ވެއްޓި އަނިޔާވެއްޖެ އެވެ.

ތިމަރަފުށީ ކައުންސިލުގެ ނައިބު ރައީސް އަހުމަދު އިބްރާހިމް "ސަން"އަށް ވިދާޅުވީ، މިއަދު މެންދުރު ހިނގި އެ ހާދިސާގައި، ފާރު ވެއްޓުނީ، ފާރަށް ވިއްދާފައި އޮތް އެއްޗެއް ނެއްޓިގެން ކަމަށެވެ.

އަދި އެ މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އެކަކުގެ ގައި މައްޗަށް ފާރު ވެއްޓި އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ހެލިކަޕްޓަރުގައި މާލެއަށް ފުރުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް