އިންވެސްޓް މޯލްޑިވްސްގެ މަސައްކަތްތަކަށް ބަޖެޓުގައި 47 މިލިއަން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރުގެ އިންވެސްޓުމެންޓުތައް ރާއްޖެއަށް ގެނައުމަށް އިންވެސްޓް މޯލްޑިވްސްގެ މަސައްތަތްތައް އަލުން ފަށަން ނިންމައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އިންވެސްޓް މޯލްޑިވްސް އިން ކުރިއަށްގެންދާ ޕްރޮމޯޝަން ހަރަކާތްތަކަށް 47.2 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. ފިނޭންސް މިނިސްޓްރީ އިން ބުނީ މީގެ ތެރޭގައި ސްޓްރެޓެޖިކް ޕްރޮޖެކްޓުތަކުގެ ޕްރޮމޯޝަނަށް އަށް މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ.

އިންވެސްޓް މޯލްޑިވްސްގެ ހަރަކާތްތަކުން އިންވެސްޓަރުންނާއި ވިޔަފާރި ކޮމިއުނިޓީއާއެކު އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށާއި ރާއްޖޭގެ އިންވެސްޓްމަންޓް ޕްރޮމޯޝަން ހަރާކާތްތައް އިތުރަށް ފުޅާކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމަށް ޝައުގުވެރިކަން ފާޅުކުރާ މިންވަރު އިތުރުކުރެވޭނެ ކަމަށް ފިނޭންސް އިން ބުނެފައިވެއެވެ.

އިންވެސްޓް މޯލްޑިވްސް އަކީ ރާއްޖޭގައި ތަފާތު ދާއިރާތަކުން އިންވެސްޓް ކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެކަމާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް 2014 ވަނަ އަހަރު ފެށި މަސައްކަތެކެވެ.

އިންވެސްޓް މޯލްޑިވްސްގެ މަސައްކަތްތައް އަލުން ފެށުމާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމް ކުރުން ކަމަށެވެ.

"ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށްޓަކާ އިންވެސްޓް މޯލްޑިވްސް އަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައި އޮންނާނެ. ހާއްސަ ގޮތެއްގައި އަޅުގަނޑުމެން ރާއްޖޭގެ މަސްވެރިކަމާ މަސްވެރިކަމުގެ އެކިއެކި ޕްރޮޑަކްޓުތައް ދުނިޔެއަށް މާކެޓް ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައި އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ޓޫރިޒަމަށް އިތުރު ޕްރޮޑަކްޓުތައް ނެރުމަށް އިންވެސްޓް މޯލްޑިވްސް މެދުވެރިކޮށް މާކެޓް ކުރަންވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

"އޭގެ ތެރޭގައި އިންކަމް ލިބޭގޮތަށް ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޑަކްޓެއް. އެކަންކަމަކީ ވަރަށް މައިގަނޑު ކަމެއް. އޭގެ އިތުރުން އަޅުގަނޑުމެން ކޮވިޑްގެ ކުރިންވެސް މަސައްކަތް ކުރަމުން މިދިޔައީ ރާއްޖޭގެ ވިޔަފާރީގެ މާހައުލަކީ ވިޔަފާރީވެރިންނަށް ފަސޭހަ ލުއި މާހައުލަކަށް ހެދުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވިދާޅުވީ ވިޔަފާރިއަށް ރައްޓެހި މާހައުލެއް ގާއިމް ކުރަން ބޭނުންވާ ކަމަށައިރައްޔިތުންގެ ދުޅަހެޔޮަކަމަށާއި ފުދުންތެރިކަމަށް ފައިސާ ބޭނުންވާއިރު އެކަން ކުރެވޭނީ ވިޔަފާރިތަކަށް ޖާގަ ދީގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ތާކުންތާކު ނުޖެހޭ. އޭގެ އެއްވެސް ފައިދާއެއް މަންފާއެއް ނުލިބޭ އެއްޗެހިން ސަރުކާރު އެއްކިބާވެފައި މިނިވަންމާހައުލެއް ގާއިމްކުރަން[ވިޔަފާރިކުރަން]،" މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމަށް އެބަ އުފައްދަން އަންނަ އަހަރު ވަން ސްޓޮޕް ޝޮޕެއް. އޭގެ މާނައަކީ ވިޔަފާރިއާ ގުޅޭ ސަރުކާރުގެ ހުރިހާ ކަންތައްތަކަކަށް އަންނާނީ އެތަނަށް. އެއީ ޓްރޭޑް ނެޓް. އެ އޮޕަރޭޓް ކުރާނީ ކޮމާޝަލް މޮޑެލް އަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ބޭނުމަކީ އެއްތަނަކުން ސަރުކާރާ ގުޅޭ ހުރިހާ ހިދުމަތްތައް ދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް