ނައިފަރު މަގުތައް ހަދަން ބަޖެޓުގައި 1.5 މިލިއަން ރުފިޔާ

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ޅ. ނައިފަރު މަގުތައް ހެދުމަށް އަންނަ އަހަރަށް ލަފކުރާ ދައުލަތުގެ ބަޖެޓުގައި 1.5 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ނައިފަރު މަގުތައް ހެދުމަށް ކަނޑައަޅާފައިވާއިރު އެރަށުގެ މަގުތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ޒުވާނުން ވަނީ އެކަމަށް ހައްލެއް ގެނެސްދިނުމަށް އެދި އަޑު އުފުލައިފައެވެ.

https://sun.mv/144304

އުތުރުގެ އެންމެ އާބާދީ ބޮޑު އެއްރަށް ކަމަށްވާ ނައިފަރުގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށްދެއްވާނެ ކަމަށް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ނައިފަރު މަގުހެދުމުގެ މަޝްރޫއު މިހާރު އޮތީ ޕްރީ ޓެންޑަރިން މަރުހަލާގައި ކަމަށް ފިނޭންސް އިން މަޖިލީހަސް ހުށަހެޅި ބަޖެޓު ތަފްސީލުގައި ވެއެވެ.

އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެ މަސައްކަތް ނިންމުމަށް މިހާރު ވަނީ އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި މަގުހެދުމުގެ މަޝްރޫއުތަކަށް ޖުމްލަ 409 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ބަޖެޓުގައި ހިމަނާފައިވާގޮތުން 2022 ވަނަ އަހަރު އެ މަސައްކަތަށް 4.5 މިލިއަން އަދި 2023 ވަނަ އަހަރު ނުވަ މިލިއަން ހޭދަކުރާނެއެވެ.

comment ކޮމެންޓް