ޝަޒީލާގެ ޓިކްޓޮކް ވެރިފައިކޮށް ދީފި

އޭނާގެ ޓިކްޓޮކް އަށް 100 ހާސް މީހުން ފޮލޯކުރިއިރު އޭނާ ކުރި ޕޯސްޓެއް---

ދިވެހިންގެ މެދުގައި މަގްބޫލު ޓިކްޓޮކް ތަރި ފާތިމަތު ޝަޒީލާ(ޝަޒީ) ގެ ޓިކްޓޮކް އެކައުންޓް ވެރިފައިކޮށްދީފި އެވެ.

އެންމެ ފުރަތަމަ ޓިކްޓޮކް ކުޅުނު މީހުންގެ ތެރޭގައި ޝަޒީލާ ހިމެނޭއިރު އޭނާ ކުޅޭ ވީޑިއޯތަކަކީ ގިނަ ބަޔަކަށް ނުހަނު ކަމުދާ ވީޑިއޯތަކެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ލޯބި ހޯދާފައިވާ ޝަޒީލާގެ ޓިކްޓޮކް އައިޑީ އަށް 338 ހާހަށްވުރެ ގިނަ މީހުން ފޮލޯކުރެ އެވެ.

މީގެ ކުރިން ސަން އަށް ދިން އިންޓަވިއުއެއްގައި ޝަޒީ ބުނީ އެންމެ ފުރަތަމަ ޓިކްޓޮކް ކުޅެން ފެށީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއެކު މަޖަލަކަށްކަމަށެވެ. އޭރު ކޮންމެވެސް ވަރަކަށް ޑަބްސްމޭޝް ބޭނުން ކުރި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޓިކްޓޮކް އައިޑީ ވެރިފައިކޮށްދިނީ ކުޅަދާނަ އެކްޓަރު އަލީ ސީޒަން އަށެވެ. އޭގެ ފަހުން ބަތަލާ މަރިޔަމް އައްޒަގެ އައިޑީ ވެރިފައިކޮށްދިން އިރު އޭނާގެ ފިރިމީހާ އެކްޓަރު އަބްދުﷲ މުއާ ގެ ޓިކްޓޮކް އައިޑީ ވެސް ވަނީ ވެރިފައިކޮށްދީފަ އެވެ.

comment ކޮމެންޓް