ބްރިޖަށް އިންޑިއާ އިން ދޭ ހިލޭ އެހީގެ އެމްއޯޔޫގައި ސޮއިކޮށްފި

އިންޑިއާ އިން ދޭ 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލެ ސަރަހައްދު ބްރިޖުން ގުޅާލުމަށް ކުރިއަށްގެންދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫއަށް އިންޑިއާ ސަރުކާރުންދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެމްއޯޔޫ ގައި ސޮއިކޮށްފިއެވެ.

އެމްއޯޔޫގައި ރާއްޖޭގެެ ފަރާތުން ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދާން ޝްރިންގްލާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާ އިން ދޭ 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢެވެ.

ބްރިޖު މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބެންކުން ވަނީ 400 މިލިއަން ޑޮލަރިގެ ލޯނު އެހީވެސް ދީފައެވެ.

ބްރިޖު މަޝްރޫއުގެ ކޮންޓްރެކްޓަރެއް ހޯދުމަށްް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ.

އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެ އެވެ. ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީސީޓީވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިންގައި ބޭނުން ކުރާނީ އިރުގެ ހަކަތަ އެވެ. ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރާނެ އެވެ.

comment ކޮމެންޓް