ކެޓްރީނާ ރާއްޖޭގައި

ކެޓްރީނާ ރާއްޖެ އައިސް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއް ---

ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންގެ ލިސްޓުގެ ތެރޭގައި ހިމެނޭ ކެޓްރީނާ ކެއިފް ރާއްޖެއަށް އަތުވެއް ޖެއެވެ.

މިދުވަސްވަރި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު އެތައް ތަރީން ރާއްޖެއަށް އާދެ އެވެ.

ކެޓްރީނާ ރާއްޖާ އައިސްފައިވަނީ ކޮން އިރަކު ކަމެއް އެނގޭކަށް ނެތެވެ. އަދި ރާއްޖެ އައިސް އޭނާ މަޑުކުރަނީ ކޮން ރިޒޯޓެއްގައި ކަމެއް ހާމަކޮށްފައެއްވެސް ނުވެ އެވެ. އެހެންނަމަވެސް އޭނާ ރާއްޖެއައިސް މިއަދު ސޯޝަލް މީޑިއާގައި އެވާހަކަ ވަނީ ހިއްސާކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ކެޓްރީނާ ބުނެފައިވަނީ ރާއްޖެއަށް އާދެވުނީމަ ވަރަށް އުފާކުރާ ކަމަށެވެ. އަދި ރާއްޖެ އައިސްފައިވަނީ ޝޫޓިންއަކަށް ކަމަށް އޭނާ ބުނެފައިވެ އެވެ. އެހެންނަމަވެސް ކޮން ކަހަލަ ޝޫޓިން އަކަށް ކަމެއް އޭނާ ހާމަކޮށްފައެއް ނެތެވެ.

އެއީ އޭނާގެ ވަޒީފާއާ ގުޅުންހުރި ޝޫޓިންއެއް ކަމަށް ކެޓްރީނާ އިޝާރާތްކޮށްފައިވެ އެވެ. އެހެންކަމުން އެ ޝޫޓިންއަކީ ފިލްމެއްގެ މަންޒަރެއް ނެގުމަށް ކުރާ ޝޫޓިން އަކަށް ވުން އެކަށީގެންވެ އެވެ.

ކެޓްރީނާގެ ކުރިއަށްހުރި ޕްރޮޖެކްޓުތަކުގެ ތެރެއިން މިހާރު ޝޫޓިން މަރުހަލާގައި އޮތީ އެންމެ ފިލްމެކެވެ. އެއީ "ފޯން ބޫތު" އެވެ.

މިއީ ކެޓްރީނާ ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ އެންމެ ފަހުން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެތެރޭގަ އެވެ. މިދިޔަ އަހަރު އޭނާ ރާއްޖެ އައިސްފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށެވެ. އެފަހަރު އޭނާ ހުރީ ސިއްރު ފެންފުށީގަ އެވެ.

comment ކޮމެންޓް