250،000 ޑޮަލަރު އިންވެސްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭ ގޮތަށް ފާސްކޮށްފި

މަޖިލިސް: 250،000 ރުފިޔާ އިންވެސްޓް ކުރުމުން ރެސިޓެންޓް ވިސާ ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިންޓް ވިސާ ދޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިހާރު އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނުއުމުގެ ބިލު މަޖިލީހުން މިއަދު ފާސް ކުރީ 53 ވޯޓުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރުން ތިއްބެވި އެވެ.

މަޖިލީހުން ފާސްކުރީ ބިދޭސީންނަށް ރާއްޖޭގައި ހުރެވޭނެ ހުއްދައެއްގެ ގޮތުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭނީ، މަދުވެގެން 250،000 ރުފިޔާ އިންވެސްޓް ކުރުމާއެކު، ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަކަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައިގެންނެވެ.

އިންވެސްޓް ކުރަންވާނީ، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކަށް ކަމަށްވެސް ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކުގައި ބުނެފަ އެވެ.

އޭގެ އިތުރުން އެ ހާލަތްތައް ދެމިއޮތްނަމަ، އެފަރާތަކަށް ދޫކުރާ ކޯޕަރޭޓް ރެސިޑެޓް ވިސާ ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭނެ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ފުރަތަމަ ހުށަހަޅާއިރު، ލިބޭނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިސްލާހުތަކުގައި ބުނާގޮތުން، ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ، ރަޖިސްޓްރާ އޮފް ބިޒްނަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސްފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާ މެންމަބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީނަށް ދެވޭ ހުއްދައެކެވެ.

ބިލު އިސްލާހުވާތާ 14 ދުވަސް ތެރޭ ކޯޕަރޭޓް ރެސިޑެންޓް ވިސާގެ ގަވާއިދު އިސްލާހު ކުރުމަށް އިސްލާހުތަކުގައި ވަނީ ހިމަނާފަ އެވެ.

ކޯޕަރޭޓް ރެސިޑެޓް ވިސާގެ ގަވާއިދު ބުނާ ގޮތުން، މިހާރު ކޯޕަރޭޓް ރެސިޑޭންޓް ވިސާ ދެނީ މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތަކަށެވެ. އަދި ވިސާގެ މުއްދަތަކީ އެ އިންވެސްޓުމަންޓުގެ މުއްދަތެވެ. ނުވަތަ އެއް މިލިއަން ޑޯލަރު ރާއްޖޭގެ ބޭންކެއްގައި ދެއަހަރު ދުވަހުގެ މުއްދަތަކަށް ބަހައްޓާ ފަރާތްތަކަށް ފަސް އަހަރު ދުވަހަށް ވިސާ ދިނުމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމިޓީން ދެން ގެނެސްފައިވާ ބޮޑު އިސްލާހަކީ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދޭ ރެސިޓެންޓް ވިސާއާ ގުޅޭ ގޮތުން ގެނެސްފައިވާ އިސްލާހެކެވެ. އެގޮތުން، ފަސް އަހަރުގެ މުއްދަތަކަށް ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރުމަށް ހިމަނާފައިވެ އެވެ. ފުރަތަމަ އެ ވިސާއަށް އެދި ހުށަހަޅާއިރު، ލިބޭނީ އެއް އަހަރު ދުވަހެވެ.

އެއަށްފަހު، ކޮންމެ ފަސް އަހަރަކުން ވިސާ އާކުރަން ޖެހޭއިރު، ކައިވެނި ރޫޅިއްޖެ ހާލަތެއްގައި ނުވަތަަ ކައިވެނިކޮށްގެން އުޅުނު މީހާ މަރުވެއްޖެ ހާލަތުގައި، އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ނަމަ، ވިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެ ހާލަތްތަކަށް ނިމުމެއް އަތުވެއްޖެ ނަމަ، ވިސާ ކެންސަލްވާނެ ކަމަށް އިސްލާހުތަކުގައި ބުނެ އެވެ.

comment ކޮމެންޓް