އޭއެފްސީ ބްރެކެޓް ޗެލެންޖް: ބޮޑު ތާއީދަކާ އެކު އަޝްފާގު ކުއާޓާއަށް

އަލީ އަޝްފާގު (ދަގަނޑޭ) ނިއުރޭޑިއަންޓަށް ކުޅުނު ދުވަސްވަރުގެ ތެރެއިން --- ސަން ފޮޓޯ

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރޭގައި ހިމެނޭ އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ އަލީ އަޝްފާގު ދަތުރު ކޮށްފި އެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

މި ޗެލެންޖުގެ ގަދަ 16 ގެ ކުރިމަތިލުމުގެ ވޯޓްނެގުން މިހާރު އެކި ކުޅިންތެރިންނަށް ކުރިއަށްދާ އިރު، ރާއްޖޭގެ އަލީ އަޝްފާގު އެ ބުރުގައި ވާދަކޮށްފައިވަނީ ބަންގްލަދޭޝްގެ ސޮހެލް ރަނާ ޖަހާފައިވާ ގޯލާ އެވެ. މި ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

މި ޗެލެންޖުގެ ދެވަނަ ބުރުގެ ކުރިމަތިލުން އަޝްފާގު ޖެހި މޮޅު ގޯލު ކާމިޔާބު ހޯދީ ވޯޓްލީ މީހުންގެ 76.2 ޕަސެންޓް ހޯދައިގެންނެވެ. އޭނާގެ ވާދަވެރިޔާ ސޮހެލް ރަނާއަށް ލިބިފައި ވަނީ 23.8 ޕަސެންޓެވެ.

މި ގޯލަކީ ނިއުރޭޑިއަންޓާއި އިންޑޮނޭޝިއާގެ ޕާސިބޯ ބައްދަލު ކުރި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލެކެވެ. މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ އެ ބޯޅަ ގޯލަށް ވައްދާލީ "ޗިޕަކުން" ނެވެ. މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ ބޮޑު ތާއީދަކާ އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދައިފަ އެވެ.

comment ކޮމެންޓް