ޖަޕާނުގެ ވަލީއަހުދުކަމަށް ޕްރިންސް ފުމިހީތޯ ހަމަޖައްސައިިފި

ޕްރިންސް ފުމިހީތޯ ވަލީއަހުދުކަމަސް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

ޖަޕާނުގެ ވަލީއަހުދުކަމަށް ޕްރިންސް ފުމިހީތޯ ރަސްމީ ގޮތުން ހަމަޖައްސައިިފި އެވެ.

ޕްރިންސް ފުމިހީތޯއަކީ ޖަޕާނުގެ މިހާރުގެ އެމްޕެރާ ނަރުހީތޯގެ ބޭބެ އެވެ. ފުމިހީތޯ ވަލީއަހުދުކަމަށް ހަމަޖެއްސެވީ އިއްޔެ ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެެވެ. ކޮރޯނާވައިރަސްއާ ގުޅިގެން އެ ރަސްމިއްޔާތު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޮތީ ނުބޭއްވި ފަސްވެސްކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވަލީއަހުދުންނަށް ދެމުން އަންނަ ކަނޑިކޮޅުވެސް އޭނާއަށް ވަނީ އަރުވައިފަ އެވެ.

ޖަޕާންގެ އެމްޕެރާ ނަރުހީތޯގެ ފިރިހެން ދަރިކަލެއް ނުހުންނަވަ އެވެ. ނަމަަވެސް ދަރިކަނބަލަކު ހުންނަވަ އެވެ. ޖަޕާންގެ ގާނޫނު އޮންނަގޮތުން އަންހެން ބޭފުޅުންނަށް ވެރިކަން ވާރުތައެއް ނުވާނެ އެވެ. ނަމަވެސް 2004 ވަނަ އަހަރު އެ ގާނޫނަށް ބަދަލު ގެނެސް އަންހެން ބޭފުޅުންނަށްވެސް ވެރިކަން ކުރެވޭގޮތަށް ހަދަން އުޅުނެވެ. ނަމަަވެސް ފުމިހީތޯއަށް ފިރިހެން ކުއްޖަކު ލިބިވަޑައިގަތުމުން އެކަން މަޑުޖައްސާލަގޮތަށް އޮތީ އެވެ.

ޖަޕާުނުގައި އެމްޕެރާކަން ކުރެއްވި އެމެރީތަސް އަކިހީތޯ އުމުރުން ދުވަސްވެ ސިއްހީ ހާލަތު ތަން ނުދޭކަމަށްކަމަށް ވިދާޅުވެ ތަހުތު ދޫކޮށްލެއްވީ މިދިޔަ އަހަރު އެވެ. މިއީ ފާއިތުވި 200 އަހަރުގެ ތެރޭގައިވެސް އެމްޕެރާކަން އަމިއްލައަށް ދޫކޮށްލެއްވި ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް