މީޑިއާ ކައުންސިލް އިންތިހާބު: ޖުމްލަ 28 ކެންޑިޑޭޓުން، އިންތިހާބު އަންނަ މަހު 5ގައި

މީޑިއާތަކުގެ ފަރާތުން އިންތިހާބުގައި ވާދަ ކުރާ ބައެއް ކެންޑިޑޭޓުން --

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް ހޯމް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ކަމުގެ ދައުރު ހަމަވާ 13 މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ހޯމް މިނިސްޓްރީން މިއަދު އާންމު ކުރި ކެންޑިޑޭޓުންގެ ލިސްޓުގައި ޖުމްލަ 28 ކެންޑިޑޭޓުންގެ ނަން ހިމެނެއެވެ. އެގޮތުން މީޑިއާތަކުން 14 މީހަކު ވާދަ ކުރާއިރު، އާންމުންގެ ތެރެއިން 14 މީހަކު ވާދަ ކުރެއެވެ.

މިފަހަރު އިންތިހާބުގައި މީޑިއާތަކުން އިންތިހާބު ކުރާނީ ހަތް މެމްބަރުންނެވެ. އަދި އާންމުންގެ ތެރެއިން އިންތިހާބު ކުރާނީ ހަ ކެންޑިޑޭޓުންނެވެ.

މީޑިއާތަކުގެ ފަރާތުން ވާދަ ކުރާ ފަރާތްތައް:

  1. އަލީ ހުސައިން، ލައިފް ބޯއި/ގދ. ތިނަދޫ - ޕީއެސްއެމް
  2. މުއިއްޒު އިބްރާހީމް، ދޫޑިގަން، އުނަކެޑެގެ/ޏ.ފުވައްމުލައް - މީހަރު އޮންލައިން
  3. އާދަމް ނަވާޒު، ތުނޑި ޗާނދަނީވިލާ، ލ. ގަން - ވަގުތު އޮންލައިން
  4. ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިމެމްމާގެ - މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަން
  5. އާދަމް ނަޒީރު، ކިނާރާ/ރ. އަލިފުށި - ހަތާވީސް އޮންލައިން
  6. އައިޝަތު ހަމްޒާ، ބުސްތާނުގެ، ރ. ކަނދޮޅުދޫ - އައުޓްރީޗް އެމްވީ
  7. ޝަހުބާން ފަހުމީ، ފިނިވާގެ/ކ. މާލެ - ސަންގު
  8. މުހައްމަދު ސިމާއު، ވ. ސިނަމާލެ 4 (3-60)/ވިލިމާލެ - ވަން އޮންލައިން
  9. ސައިފް އަޒްހަރު، ގަނދަކޯޅިމާގެ/ސ. މަރަދޫ - ވީޓީވީ
  10. ފަތުމަތު ސައީދު، ފެހިވިނަ/ރ. މަޑުއްވަރީ - ސަން މީޑިއާ ގްރޫޕް
  11. ފާތިމަތު ސާޔާ އަހްމަދު، މ. ހަސްމަތީ - ޗެނަލް ނިއުސް މޯލްޑިވްސް
  12. މަރިޔަމް ނިމާ ހަސަން، ދެބުދާރުގެ - ދަ ޕްރެސް
  13. ތަހާރަތު މުހައްމަދު ވަހީދު، ދީނާރު/ ގދ. މަޑަވެލި - ހަމަނިއުސް
  14. ހުސައިން ސަގީފް، ހިސާން/ހދ. ވައިކަރުދޫ - ތިލަދުން


އާންމުންގެ ތެރެއިން ވާދަކުރާ ފަރާތްތައް:

  1. މުޙައްމަޔު ޝާފިއު، ޝަރުތު/ ބ. ތުޅާދޫ
  2. އަންވަރު އިބްރާހިމް، މަންޒިލް/ ބ. ތުޅާދޫ
  3. އިބްރާހިމް ފައުޒީ، ބާޑްވިލާ/ ބ. ތުޅާދޫ
  4. އަހްމަދު ރިފާއު، ޝަރުތު/ ބ. ތުޅާދޫ
  5. ޝަފާއަތު ހަބީބް، ފޭދޫ/ ގދ. ހޯޑެއްދޫ
  6. މުހައްމަދު ޝަފާއު ހަސަން، މ. ރިވެލިގެ/ މާލެ
  7. އަހްމަދު ވަހީދު އަލީ، ވެހި/ހއ. ކެލާ
  8. އަހްމަދު މުހައްމަދު، ދަފްތަރު ނަންބަރު 6150
  9. އުމަރު މޫސާ ފިކުރީ، ގ. ނިލަންދޫ/މާލެ
  10. ސައުދޫން އަބޫބަކުރު، ގ. ދިލްފިޒާގެ/ މާލެ
  11. އަބްދުލް ވަލިއްޔު އަލީ، ބިންގާ/އދ.މާމިގިލި
  12. ފާތިމަތު އަހްމަދު، ޝަހީމީ މަންޒިލް/ ގއ. ވިލިނގިލި
  13. އަހްމަދު މޫސާ، ހ. އަމްސާވިލާ/މާލެ
  14. އަލީ ރަޝީދު އިބްރާހިމް، ކުންނާރުގަސްދޮށުގެ/ދ. ކުޑަހުވަދޫ

ހޯމް މިނިސްޓްރީން ބުނީ، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ފަސް ވަނަ ދުވަހު ކަމަށެވެ.

އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ.

މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ތިއްބަވައެވެ. އެއީ މީޑިއާތައް ތަމްސީލު ކުރާ އަށް މީހަކާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މީހެކެވެ. އަންނަ މަހަށް ދައުރު ހަމަވަނީ 13 މެމްބަރެކެވެ.

comment ކޮމެންޓް