ޕުޓިން ރިޓަޔާކުރައްވަން އުޅުއްވާ ވާހަކަ ދޮގުކުރައްވައިފި

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން --

ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިން ރިޓާޔަ ކުރައްވަން އުޅުއްވާ ވާހަކަ އެގައުމުން ދޮގުކޮށްފިއެވެ.

ޕުޓިންއަށް ޕާކިންސަން ނުވަތަ ތުރުތުރުއަޅާ ބަލި ޖެހިފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ޕުޓިން އަންނަ ޖެނުއަރީ މަހު ރިޓަޔާ ކުރާނެކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެ ވާހަކަަތައް އެންމެ ފުރަތަމަ ރިޕޯޓްކުރި އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫސް "ދަ ސަން" އިން ބުނީ ޕުޓިންގެ އެންމެ ފަހުގެ ފުޓޭޖްތަކުން އެމަނިކުފާނަަށް ތުރުތުރު އަޅާބަލި ޖެހިފައިވާކަން އެނގިފައިވާ ކަމަށެވެ.

ކްރެމްލިންގެ ސްޕޯސްޕާސަން ޑިމީޓްރީ ޕެސްކޯވް އެ ވާހަކަތައް ދޮގުކުރައްވައި ވިދާޅުވީ ޕުޓިންގެ ހާލު ވަރަށް ރަނގަޅުކަމަށެވެ.

ރިޓަޔާ ކުރައްވާ އަޑުތަކެއް ފެތުރުނުއިރު ރަޝިއާގައި ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ މައްޗަށް ދައުވާ ނުކުރެވޭނެ ބިލެއް އެގައުމުގެ ޕާލަމަންޓަށް މިހާރު ވަނީ ހުށަހަޅައިފައެވެ.

އެ ބިލް ސެނެޓްގެ ތިރީގެއިންނާއި މަތީ ގެއިން ފާސްވެ ޕުޓިން ސޮއިކުރެއްވުމާއެކު އެ ގާނޫނު ތަސްދީގުވެގެންދާނެއެވެ.

ޕުޓިން ރަޝިއާގެ ރައީސްކަމަށް ވަޑައިގެންނެވީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ރަޝިއާގެ ބޮޑުވަޒީރުކަންވެސް ކުރައްވައިފަ އެވެ.

ޕުޓިންއަކީ 1950ގެ ފަހުން ރަޝިއާގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ވެރިކުރެެއްވި ބޭފުޅާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް