އަގުހުރި އިނާމުތަކާއެކު މެކްސްކޮމް އިން އަހަރު ނިންމާ ސޭލް

މެކްސްކޮމްގެ ޝޯރޫމްއެއް--- ފޮޓޯ: މެކްސްކޮމް

އަގުހުރި އިނާމުތަކާއެކު މެކްސްކޮމް އިން އަހަރު ނިންމާ ސޭލް ފަށަން ތައްޔާރުވެއްޖެއެވެ.

މިމަހުގެ 10 އިން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ނިޔަލަށް ކުރިއަށްގެންދާ މި ސޭލާއެކު ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެގޮތުން މެކްސްކޮމް އިން ގަންނަ ލެޕްޓޮޕް، ޑެކްސްޓޮޕް އަދި ޓެބްލެޓާއި ފޯނު އަދި އެކްސަސަރީޒް އިން ހާއްސަ ޑިސްކައުންޓު ލިބޭނެއެވެ.

މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް އެއް ނަސީބުވެރިޔަކު ހޮވާނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒް ލިބޭ ތިން ނަސީބުވެރިން ހޮވާނެއެވެ. ގްރޭންޑް ޕްރައިޒްގެ ގޮތުގައި ގުތުރަތުން ހޮވޭ ތިން ފަރާތުގެ ތެރެއިން އެއްވަނަ އަށް ޑެލް ލެޕްޓޮޕެއް، ދެވަނަ އަށް ސްމާޓް ފޯނެއް އަދި ތިންވަނައަށް އަދި ސްމާޓް ވޮޗްއެއް ދޭނެއެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް ސޯސަންމަގު ނުވަތަ ފަރީދީމަގުގައި ހުންނަ މެކްސްކޮމްގެ ޝޯރޫމަށް ޒިޔާރަތްކޮށް ވިޔަފާރި ކުރުމުން ބައިވެރިވެވޭނެއެވެ.

މެކްސްކޮމް އިން ބުނީ ޕްރޮމޯޝަނުގައި ޑެޕް ޑެސްކްޓޮޕް ތިން އަހަރުގެ ވޮރެންޓީއާއެކު ޑޮސްކައުންޓު އަގުގައި ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޓެބްލެޓް، ލެޕްޓޮޕް އަދި ފޯނުވެސް ޑިސްކައުންޓައި ވޮރެންޓީއާއެކު ލިބޭނެ ކަމަށެވެ.

މެކްސްކޮމް އިން ޑެލް ބްރޭންޑުގެ ޑެކްސްޓޮޕާއި ލެޕްޓޮޕްގެ އިތުރުން ވާވޭ ބްރޭންޑުގެ ފޯނާއި އެކްސަސަރީޒް އަދި ލިބޭނެއެވެ. މީގެ އިތުރުންވެސް ކޮމްޕިޔުޓަރާއި ގުޅުންހުރި ގިނަ ސާމާނު މެކްސްކޮމް އިން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް